މަސްވެރިކަމާއި ގުޅޭ

WhatsApp Image 2021-02-14 at 09.13.37

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ!

8:30 - މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ހދ. ކުޅުދުއްފުށީ ބޮއި ކައިރިން މަސްވެރިކަން ކުރަން އުޅުނު "ނިއުމަތް" ދޯނީގެ 35 އަހަރުގެ މަސްވެރިޔަކަށެވެ. އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގުމާގުޅިގެން އޭނާއަށް އަވަސްފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

9:30 - މިހާދިސާގައި އަނިޔާވި މަސްޗެރިޔާ މިހާރު ވަނީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

އަނިޔާވި މަސްވެރިޔާ ފަރުވާއަށް ކުޅުދުއްދުއްޓަށް ބާލަނީ: ފޮޓޯ: އެމްއެންޑީއެފް

މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވަމުން އަންނަ ވަރަށް ހިތާވެވެރި ހާދިސާއެކެވެ. ލޮލަށް ބުޅި ހެރުމުގެ ސަބަބުން އެ ލޮލުގެ ފެނުން ދާއިމަށް ގެއްލިފަވެސް އެބަހުއްޓެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް މަސް ބާނަން ދޮށި އަޅާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އައިނާއި ހެލްމެޓް ފަދަ ތަކެތި ބޭނުންކުރުމަކީ ކުރެވިދާނެ ކަމެއް ކަމެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!