މަސްވެރިކަމާއި ގުޅޭ

Viligili FAD

ގއ. ވިލިގިނލި ބޭރުން ކަނޑައިގެން ދިޔަ ކަނދުފަތި ހަރުކޮށްފި

ގއ. ވިލިގިނލި ބޭރުން އަޅާފައި އޮތް ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އާ ކަނދުފައްޗެއް މިއަދު ހަރުކޮށްފިއެވެ.

މިކަދުފަތި ހަރުކޮށްފައިވަނީ ގއ. މާމުޓާގެ ބޭރުން 12 މޭލުގައެވެ. ބޮއިގެ ނަމްބަރަކީ 538ވެ.

ވިލިނގިލީ ކަނދުފަތި އެންމެ ފަހުން ހަރުކޮށްފައިވަނީ 1 ޑިސެމްބަރ 2019 ގައެވެ. އެއީ ގއ. މާމުޓާގެ އިރުން 13 މޭލު ބޭރުގައެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިފަހަރު ހުވަދޫ އަތޮޅުގައި 4 ކަނދުފަތި ހަރުކުރާނެއެވެ. އެއީ ވިލިގިނލީ ކަނދުފަތީގެ އިތުރުން، ފިޔޯރީ، ފުވައްމުލަށް އަދި އައްޑޫ ކަނދުފައްޗެވެ.

ކަނދުފަތިތައް ހަރުކުރުމަށް މިނިސްޓްރީގެ ޓީމުން ކުރާ މިދަތުރުގައި ދާދި ފަހުން ކަނޑައިގެން ދިޔަ ގއ. ދާންދޫ ކަނދުފަތި ހަރުނުކުރެއެވެ. ފިޝަރީޒް މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި، މިފަހަރުގެ ދަތުރަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދާންދޫ ކަނދުފަތި ކަނޑައިގެން ދިއުމުން، ބައެއް ސާމާނު ހޯދުމަށް އުނދަގޫ ވީއެވެ. ޚާއްސަކޮށް ކޮންކްރީޓް ގައު އަޅަން އަދި ދުވަސް ބޭނުންވާކަމަށް މިިނިސްޓްރީއިން މައުލޫމާތު ދެއެވެ. އެހެންނަމަވެސް، ވީހާވެސް އަވަހަކަށް ދާންދޫ ކަނދުފަތި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!