މަސްވެރިކަމާއި ގުޅޭ

catching tuna with RICE

އެން ހުސްވުމުން "ބަތް" އުކައިގެން މަސްބާނާ ވީޑިއޯއެއް!

ކަނޑުމަސް ބާނާ ދޯންޏަކުން "ބަތް" އުކައިގެން ކަނޑުމަސް ބާނާ ވީޑިއޯއެއް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ފަޅުވެރިން ފޯރިއާއެކު މަސްބުޅިޖަހާ މަސް ބާނަމުންދިއަރު، އެ ދޯނީގެ ގެއާ ދިމާލަށް އަރިމަތީގައި ބަތްތެއްޔެއް ނަގައިގެން ހުރި ފަޅުވެރިޔާ ދިޔައީ ބަތް އުކަމުންނެވެ. އެންކެޔޮޅު މަދުމަދުން އެންއުކާ ގޮތަށް ބަތް ގުޅަ ހަދާ އުކަމުން ދިޔައިރު، ކޮޅުފަސްކޮޅުގައި ދޮށިއަޅަން ތިބި ފަޅުވެރިންދިޔައީ ދިގު ދޮށީގައި މަސްބުޅިޖަހާ މަސްބާނަމުންނެވެ. ކަނޑުމަހާއި ކަންނެލިވެސް ބާނާތަން ފެންނަ މި ވީޑިއޯ ނަގާފައިވަނީ ކޮން ނަމެއްކިޔާ ދޯންޏަކުންކަމެއް ނޭގެއެވެ. އަދި މަސްވެރިކަން ކުރަނީ ކިހާ ހިސާބަކުންކަމެއްވެސް އެގޭކަށްނެތެވެ.

އަލީ ޝުޖާއު ނަމަކަށް ކިޔާ މީހަކު ސޯޝަލް މީޑިއާގައި މި ވީޑިއޯ ޕޯސްޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކަންނެއްޔާއި މަހާއި އާންމުކޮށް ބާނަނީ ކަނދުފަތިތަކުންނެވެ. ނުވަތަ އޮޔާދާ އޮއިވާލިތަކުންނެވެ. އެހެންކަމުން މި ވީޑިއޯއިން މަސްވެރިން މަސްބާނަނީ ކަނދުފައްޗަކަނުން ނުވަތަ އޮޔާދާ އޮއިވާއްޔަކުން ކަމަށް ބެލެވެއެވެ.

ދަހި މަސް އައިނެއްގެތެރޭގައި މަސް ބާނަމުން ދަނިކޮށް އެން ހުސްވެއްޖެނަމަ، މީގެ ކުރިންވެސް މަސްވެރިން ބަތް އުކުމަކީ އެއީ ކުރާ ކަމެކެވެ. މީގެ އިތުރަށް ކަނޑުމަސް ކޮށާ ކުދިކުރުމަށްފަހު އުކައެވެ. މިގޮތަށް މަސްބޭނޭނީ ވަރަށް ދަހި މަސް އައިންތަކުންނެވެ. ބައެއްފަހަރު މަސްވެރިން "އައިންމަތީ" ދުއްވައިގެން އެން ނުއުކާވެސް މަސްބާނާފައި އެބަހުއްޓެވެ. އޮއިޖަހާފައި ހުންނަ ދަހި މަސް އައިނުގެ ތެރެއިން ދޯނި ކުރިއަށްދާއިރު، ކަނޑުގައި ބުޅި ޖައްސައިގެން "ވަދުމަސް" ބާނާ ގޮތަށް ދޮށީގައި ކަނޑުމަސް ބޭނެއެވެ.

ސުވާލަކީ ބަތް އުކީމަ، މަސްއައިނަށް ވަނީ ކިހިނެއް ހެޔެވެ؟. މަސްތައް ބަތް ކާނެހެއްޔެވެ؟.

ދަހި މަސް އައިންތަކުގައި ވަރަށް ގިނައިން މަސްތައް ދޯނި ކައިރިއަށް ޖަމާވެފައި ހުންނަ ވަގުތުގައި މަސްބުޅިޖަހާ އިރު، ކަނޑުގެ ލޮނުގަނޑުގައި ބުޅި ޖެހޭއިރަށް ބުޅީގައި މަސް ހިފައެވެ. ބުޅީގެ ވިދުމަށް، މަސް ވަރަށް ހަރަކާތްތެރިވާކަމަށް މަސްވެރިން ބުނެއެވެ. ހަމަ އެގޮތަށް "ބަތް" އުކުމުން، އެއްލާ ބަތް ގުޅަ ނުވަތަ ބަތްތައް ކަނޑުގެ ލޮނުގަނޑުގައި ޖެހޭވަގުތަކީ މަސްތަކުގެ ހަރަކާތް އިތުރުވެގެން ދާނެ ވަގުތެކެވެ. އެހެންކަމުން އުކާލެވޭ ބަތް ނުކެއަސް އެމެއްކަމަށް ހީކޮށް މަސްތައް ދޯނި ކައިރީ ހަރަކާތްތެރިވާކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.