މަސްވެރިކަމާއި ގުޅޭ

152515115_461980411834590_7915632686237091267_n

ޤަވާއިދާ ޚިފާލަށް ކަނދުފަތި ބޭނުންކުރުން އާންމު ވެއްޖެ!

ރާއްޖޭގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ޚާއްޞަ ކަނދުފަތި ތަކެވެ. ކަނދުފަތި ކައިރީ އެނޫން މަސްވެރިކަމެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އެހެންނަމަވެސް މިފަހަކަށް އައިސް ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރުން ވަނީ އިތުރުވެފައެވެ. މިގޮތުން ކުދި ލޯންޗް ފަހަރުގައި ކަނދުފަތިކައިރީ ދޮށި އުކައިގެން ސްޕޯޓްސް ފިޝިންގެ މަސްވެރިކަން ކުރުމާއި، ކަންނެލި ދޯނިފަހަރުން ކަނދުފަތި ކައިރިއަށް ރޯލު ދޫކޮށްގެން ކަންނެލި ބޭނުން މިހާރަކަށް އައިސް ވަނީ އާންމުވެފައެވެ.

މީގެއިތުރުން ކަނދުފަތީގައި ވާއައްސައިގެން ތިބުމާއި ކަނދުފަތި ކައިރީ ދިއްލައިގެން މަސްވެރިކަން ކުރުންވެސް މިހާރަކަށް އައިސް އިތުރުވެފައިވާކަމަށް މަސްވެރިން ބުނެއެވެ. ކަނދުފަތި ކައިރީ ރޭގަނޑު ލައިޓް ދިއްލައިގެން މަސްވެރިކަން ކުރުމަކީ ވަރަށް ގެއްލުން ހުރި ކަމެކެވެ. މިކަމުގެ ސަބަބުން ކަނދުފަތިކައިރިއަށް ޖަމާވެފައިވާ މަސްތައް ކަނދުފަތި ދޫކޮށް ދާކަމަށް ދިރާސާތަކުން ދައްކައެވެ. ކަނދުފަތި ހަރުކޮށްފައިވަނީ ކަނދުފަތި ހިފެހެއްޓޭވަރުގެ ބަރުދަން ހުންނަ ވަލާއި ބަރަކުންނެވެ. ކަނދުފަތީގައި ދޯނި ވާއެއްސުމުގެ ސަބަބުން ކަނދުފަތީގެ ވަލަށާއި ބަރަށް ބާރުބޮޑުވެ ކަނދުފަތި ކަނޑައިގެން ދިއުމާއި ކަނދުފަތި ކަހާލައިގެން އޮޔާ ދިއުމަށް މަގުފަހިވެއެވެ. އެހެންކަމުން ކަނދުފަތީގައި ވާ އެއްސުމަކީ ކަނދުފައްޗަށް ނުހަނު ގެއްލުން ހުރި ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުން ކަނދުފަތި ކައިރިއަށް ރޯލު ދޫކުރުމުގެ ސަބަބުން ކަނދުފަތީ ކައިރީ އުޅޭ މަސްތައް ކަނދުފަތި ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަ ކުރާ ކަމަށްވެއެވެ. ސަބަބަކީ ރޯލުގައި ކަންނެނި ނުވަތަ މަސް ގަނެގެން އޭތި މުޅި ސަރަހައްދުގައި ދުމުގެ ސަބަބުން އެހެން މަސްތަކަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ބައެއް ފަހަރު ރޯލުގައި ކަންނެލި ގަނެގެން ދޯންޏަށް ކަންނެލި ނުނެގިގެން ކަނދުފަތި ކައިރީ އެ ކަންނެލި ދުވެލަ ދުވެލާ ގަޑިއިރަކަށްވުރެ ގިނަނައިރުވާ ފަހަރުވެސް އާދެއެވެ. މިގޮތަށް ކަންނެލި ގަނެގެން ކަނދުފަތީގެ ވަލުގައި ކަންވާރު އަޅައިގަންނަނީ މަދެއްކޮށެއް ނޫނެވެ. މީގެ ސަބަބުން ކަނދުފަތި ކަނޑައިގެން ދިއުމަށް މަގުފަހިވެއެވެ. އެހެން ކަމުން ވަގުތީ ފައިދާއަށް ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރުން ހުއްޓާލަން ޖެހެއެވެ.

މަސްވެރިކަމާބެހޭ ޤަވާއިދު ބުނާގޮތުން ކަނދުފަތި ކައިރިއަށް ރޯލު ދޫކުރުން ނުވަތަ ބުޅީގައި ދިރޭ އެން ޖަހައިގެން ކަނދުފަތި ކަރިރިއަށް ރޯލު ދޫކުރުމާއި، ކަނދުފަތީގައި ވާއެއްސުމާއި، ކަނދުފަތި ކައިރީ ވަދު އެޅުމާއި، ކަނދުފަތި ކައިރިއަށް ތާވަޅު އުކުމަކީ މަނާ ކަމެކެވެ. މިއީ ކަނދުފައްޗާ ތިން މޭލު ކައިރިން ކުރުން މަނާ ކަންތަކެވެ. މިއިން ކަމެއް ކޮށްފި ނަމަ ދޯނީގެ ވެރިޔާއާއި ކެޔޮޅު ޖޫރިމަނާ ކުރުމުގެ ބާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެން ވެއެވެ. އަދި ކަނދުފައްޗަށް ގެއްލުމެއް ދީފިނަމަ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު އެމިނިސްޓްރީއަށް ލިބިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. kandhufathi aee vakibayakah khaassa ehchkah vegen nuvaane eah haradhukuranee dhivehi rayyithunge faisaa vakibayakah eyge mafaa libeygothah othiyyaa aee goaheh ehmennah eyge manfaa libenvaane!

  2. ފިޝަރީޒް މިނިސްޓްރީން ހީކުރަނީ މަސްވެރިންނަކީ ހަމަ އެކަނި ދޮށީ މަސް ބާނާ މީހުން ކަމަށް. އެއީ މިނިސްޓްރީއައް ހީވެފައި ވާ ކުންހީއެ. ކަންނެލިމަސް ވެރިންނަށްވެސް ބޮއި އަޅާ ދީ އޭރުން ނިމުނީ އެކަންތައް. އެނޫނަސް ދޯނި ފަހަރު ތަކުގައި އޮންނަ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސްވެރިކަން ކުރުމުގެ ހުއްދަ.... ކޮއްކޮ އަދި ޅަވާނެ މި ކަންތައްތައް ތަޖުރިބާ ކޮށްފަ ދެން އުޅޭ ކަންނެލިމަސްވެރިންގެ ސޯޓް ބައިލަން.....

  3. 1980ގެ ދިރާސާއަކަށް ބިނާކޮށް ގާނޫނު ހެދީމަ ވާގޮތް މިއީ

Comments are closed.