މަސްވެރިކަމާއި ގުޅޭ

COST GUARD

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ލޮލަށް ބުޅިހެރުނީ ޅ. އަތޮޅު މުލީ ބޮއި ކައިރީގައި މަސްވެރިކަން ކުރަމުންދިޔަ "ރުއްކުރި" ދޯނީގެ ފަޅުވެރިއަކަށް ކަމަށެވެ. ލޮލަށް ބުޅި ހެރިފައިވަނީ 35 އަހަރުގެ ދިވެހި މަސްވެރިއަކަށް ކަމަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 07:30 ގައެވެ. މިވަގުތު އެމްއެންޑީއެފް ކޯސްޓް ގާޑް ސެންޓްރަލް އޭރިޔާ ކޯސްޓް ގާޑުން ދަނީ އެ މަސްވެރިޔާއަށް އަވަސް ފަރުވާ ދިނުމަށް ޅ. ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި މިއަދު 11:30 ކަންހާއިރު ނައިފަރަށް އެމީހާ ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. mndf adhi lh.atoll hospital ah v.bodah shukuruverivan.v.avahah mndf adhi hosptal ge response libifaivanee..

Comments are closed.