މަސްވެރިކަމާއި ގުޅޭ

މެނޭޖްމަންޓް ޕްލޭން: ހިބަރު މަސްވެރިކަން ލައިސަންސް ކުރުން

ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ 5.2 

ހިބަރުގެ މަސްވެރިކަމާއި ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ހިބަރުގެ މަސްވެރިކަމުގައްޔާއި ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ އަންނަނިވި ފަރާތްތައް ލައިސަންސްކުރެވޭނެއެވެ.

(ހ) ވިޔަފާރި ބޭނުމަށް ހިބަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
(ށ) ވިޔަފާރި ބޭނުމަށް ހިބަރު ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް.

ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި އަދި ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތާއި، ލައިސަންސްގެ މުއްދަތާއި ފީ އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތް ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގައި ބަޔާންކުރެވޭނެއެވެ. މީގެ އިތުރުން، ހިބަރުގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރެވޭ އެންމެހައި އުޅަނދުފަހަރާއި އުޅަނދުފަހަރުތަކުގެ ކެޔޮޅުންނާއި ފަޅުވެރީންގެ މަޢުލޫމާތު ހިމެނޭ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި ބެލެހެއްޓޭނެއެވެ.

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!