މަސްވެރިކަމާއި ގުޅޭ

އިސްމާއިލް އޭނާ ބޭނި ފާނައެއް ހިފައިގެން، ފޮޓޯ- އިސްމާއިލް
އިސްމާއިލް އޭނާ ބޭނި ފާނައެއް ހިފައިގެން، ފޮޓޯ- އިސްމާއިލް

ފަރުމަސްވެރިކަމުން މަހަކު އެވްރެޖްކޮށް 20 ހާސް ރުފިޔާ ލިބޭ: އިއްސޭ

ރާއްްޖޭގައި ފަރުމަސްވެރިކަން ކުރާ ފަރާތްތަށް އިތުރުވަމުންދާއިރު، މި ދާއިރާއަށް އަލަށްވަންނަ ޒުވާނުންވެސް ގިނައެވެ. ރަނގަޅު އާމްދަނީއެއް ލިބި އަމިއްލަ މިނިވަން ކަމާއި އެކު މަސައްކަތްކުރަން ލިބޭތީ މިއީ ވަޒީފާއެއްގެ ގޮތުގައި މަސައްކަތް ކުރަން މަޤްބޫލް ދާއިރާއަކަށްވަނީ ވެފައެވެ. ޚާއްޞަކޮށް ދަގަނޑުޖަހައިގެން މަސް ހިފުމަކީ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލް މަސްވެރިކަމެކެވެ.

ތ. ވަންދުއަށް އުފަން އިސްމާއިލް ޝަރީފް ފަރުމަސްވެރިކަމުގައި އުޅޭތާ މިހާރު 10 އަހަރުވަނީއެވެ. މިހާރު އޭނާގެ އުމުރުން 36 އަހަރުވެފައިވާއިރު، ފަރުމަސްވެރިކަން އަދި ފާނައިގެ މަސްވެރިކަން ކުރަން ފެށީ ރަނގަޅު އާމްދަނީއެއް ލިބޭތީ ކަމަށް އިސްމާއިލް ބުންޏެވެ.

އިސްމާއިލް ދިރިއުޅެނީ އާއިލާ އާއި އެކު އއ. ހިމަންދޫގައެވެ. އޭނާ ފަރުމަހަށް ދަނީ އެރަށު ކަނޑުރޯދި ދޯނިންނެވެ. އެދޯނީގައި 9 މީހުން މަހަށްދެއެވެ.

ކުރިން ރިސޯޓް ވަޒީފާގައި އުޅުނު އިއްސޭ މަސްވެރިކަމަށް ޝައުގުވެރިކަން އުފެދި މި ދާއިރާގައި މަސައްކަތް ކުރަން ނިންމި އެއް ސަބަބަކީ ލިބޭ އާމްދަނީ ރަނގަޅުވުމާއި މަސްވެރިކަމުން ލިބޭ ހިންހަމަޖެހުން ކަމަށް އޭނާ ބުންޏެވެ.

"އާއްމުކޮށް ވިއްސަކަށް ދުވަހު މަސްވެރިކަމުގައި ކަނޑުމަތީގައި އުޅެފަ، ހަފްތާއެއް ވަރު ރަށުގައި މަޑުކޮށްލަކީ، މި މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ލިބޭ ގާތްގަނޑަކަށް 20000 ރުފިޔާ،" އިސްމާއީލް ބުންޏެވެ.

ބާނާ ފަރުމަސްތައް ވިއްކަނީ ކުންފުނިތަކަށާއި ރިސޯޓްތަކަށެވެ. ބައެއްް ފަހަރު މިގޮތަށް މަސް ވިއްކުމުގައި ދަތިތަކާއި ކުރިމަތިވާ ކަމަށް އިސްމާއިލް ބުންޏެވެ.

"ފަރުމަސް ގަންނަ ގިނަ ކުންފުނިތަށް ބޭނުންވޭ، ސަރުކާރު މަސް ކުންފުނިންވެސް ފަރުމަސް ގަންނަ ނަމަ މަސް ވިއްކަން މިހާރު ކުރިމަތިވާ ދަތިތަކަށް ހައްލެއްް ލިބޭނެ ކަމަށް ޤަބޫލްކުރެވޭ،" އިސްމާއިލް ބުންޏެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ކުރާ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވާ އައިސް ނުލިބުމުގެ މައްސަލަ ފަރުމަސްވެރިންނަށްވެސް ދިމާވާކަމަށް އިސްމާޢީލް ފާހަގަކުރިއެވެ.

ފަރުމަސް ބޭނުމުގެ އިތުރުން މަސް ހިފުމަކީ މާ ކާމިޔާބު ކަމެއްކަމަށް އިސްމާޢީލް ބުންޏެވެ. ބައެއް މީހުން ދޯނީގައި ރޯލުދޫކޮށްގެން ފަރުމަސްބާނަން ހަރަކާތްތެރިވާއިރު އަނެއް ބަޔަކު ހަރަކާތްތެރިވަނީ ދަގަނޑު ޖަހައިގެން މަސް ހިފާށެވެ. އިސްމާއިލް ބުނީ އޭނާ ހިފި އެންމެ ބޮޑު މަހަކީ 84 ކިލޯގެ ފާނައެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ރާއްޖޭގަހިމާޔަތް ކޮއްފަ ވާ ބާވަތް ބޭނުމަކީ ރަނގަޅު ކަމެއްނޫން

  2. ބަޑި ޖަހައިގެން މަސްހިފުމަކީ މަނާ ކަމެެއް ނޫންތަ؟؟

Comments are closed.