މަސްވެރިކަމާއި ގުޅޭ

breaking

އައްޑޫސިޓީ ހިތަދޫ "މޯހިރި" ދޯނި ބިންދައިގެންގޮސް ދެ ބުރި ވަކިވެއްޖެ

އައްޑޫސިޓީ ހިތަދޫ "މޯހިރި" ދޯނި ބިންދައިގެންގޮސް ދެ ބުރި ވަކިވެއްޖެއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުލިބިފައިވާ ގޮތުގައި މި ދޯނި ބިންދައިގެން ދިޔައީ ގއ. އަތޮޅު އެތެރެވަރީގައި އެން ދަމަން އުޅުމުގެ ތެރޭގައެވެ. މިހާދިސާ ހިނގާފައިވަނީ ގއ. ދެއްވަދުއާ ދިމާލުން 8.95 މޭލު ބޭރުން ހުވަދުއަތޮޅުގެ އެތެރެވަރިންނެވެ. މިހާދިސާ ހިނގިއިރު މިދޯނީގައި 25 މަސްވެރިން ހަރަކާތްތެރިވެއެވެ. މިހާދިސާގައި އެއްވެސް މަސްވެރިއަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި މޯހިރި ދޯނި ވަނީ ބިންދައިގެންގޮސް ދެ ބުރި ވަކިވެފަ

މި ހާދިސާ ހިނގި ސަރަހައްދުގައި ގެމަނަފުށީގައި ދުއްވާ "ޑެއިޒީ ވިއު" ދޯންޏާއި މިފްކޯގެ މަސްކިރާ ބޯޓެއްކަމަށްވާ "ކަލަމިންޖާ 402" މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:11 ގައި ކަމަށާއި މިހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ސަދަން އޭރިޔާއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

ދާދި ފަހުން ވެސް ވަނީ މި ދޯނީގައި ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. މިދިޔަ މަހުގެ 7 ވަނަ ދުވަހު މި ދޯނިން އެންދަމަން ފޭބި މީހަކު ކުއްލި ގޮތަކަށް ވަނީ މޫދުގައި ނިޔާވެފައެވެ. މިހާދިސާވެސް ހިނގާފައިވަނީ ގއ. އަތޮޅުގެ އެތެރެވަރީގައި އެންދަމަން އުޅުމުގެ ތެރޭގައެވެ.

ސ. ހިތަދޫ "ވިދުވަރު 1" ދޯންޏާއި "ޑެއިޒީ ވިއު" ދޯނީގެ އެހީތެރިކަމުގައި ގެމަނަފުށީގެ ފަޅުތެރެއަށް "މޯހިރު" ދޯނި ވައްދަން މަސައްކަތް ކުރިނަމަވެސް، ރާޅު ބޮޑުވުމުގެ ސަބަބުން އެކަން ކުރެވޭނެ ގޮތްވަނީ ނުވެފައެވެ. އެހެންކަމުން މިހާރު "މޯހިރު" ދޯނި އޮތީ "އަަރައިގައްތާ" ފަޅުރަށުގެ ނިވަލުގައެވެ. މޫސުން ރަގަޅުވުމުން މި ދޯނި ގެމަނަފުށީ ފަޅަށް ވެއްދުމުގެ މަސައްކަތް ފަށާނެކަމަށް ޑެއިޒީ ވިއުން އިން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!