މަސްވެރިކަމާއި ގުޅޭ

YrZYsnp6S3VBC2dCyf3kaNOxP3Bfz0j3wxVw8SNF

މިއަހަރުގެ މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ނިންމައިފި

މިއަހަރު ފާހަގަކުރާ 41ވަނަ މަސްވެރިންގެ ދުވަހުގެ އިހްތިފާލްތަށް މާލެ އަތޮޅު ގާފަރުގައި ބޭއްވުމަށް ސާރުކާރުން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ކ.ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ކޯވިޑްގެ ސަބަބުން ޙަރަދުކުޑަ ކުރުމުގެ ގޮތުން މާލެ އާއި ކައިރި ސަރަޙައްދެއްގައި އެ ދުވަސް ފާހަގަކުރުމަށް ކަމަށެވެ. މި ސަބަބާހުރެ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިމަތިލުމަށް އާންމުކޮށް އިޢުލާން ނުކުރާ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ބޭއްވުމަށް ނިންމާފައިވަނީ ގާފަރު ކައުންސިލާއި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.

މިދިޔަ އހަަރު ކޯވިޑްގެ ބަލިމަޑުކަމާއި ހެދި މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ވަރޗުއަލްކޮށެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!