މަސްވެރިކަމާއި ގުޅޭ

Masveriya Card

މަސްވެރިޔާ ކާޑު: ސަރުކާރުން މަސްވެރިންނަށް ދެއްކި ދަޅައެއް!

"މަސްވެރިޔާ ކާޑު" ގެ ނަމުގައި މަސްވެރިންނަށް ޚާއްޞަކޮށް ކާޑެއް ތަޢާރަފްކުރީ 20 ފެބްރުއަރީ 2019 ގައެވެ. މި ކާޑު ތަޢާރަފްކޮށް ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ މި ކާޑުން ލިބޭނެ ޚިދުމަތްތަކާ ބެހޭގޮތުން އުންމީދުން ފުރިގެންވާ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. މިގޮތުން މި ކާޑުގެ ސަބަބުން މަސްވެރިންނަށް ޕެންޝަނާއި އެހެނިހެން ސްކީމްތަކުގައި ބައިވެރި ވެވޭނެ ކަމަށާއި އަދި ބޭންކުން ލޯނު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މި ވާހަކަފުޅުތަކަކީ މިޚިދުމަތްތަކަށް ފެންބޮފައިގެންފައިވާ މަސްވެރިންނަށް އެތައް އުންމީދުތަކެއް ގެނެސްދިން ވާހަކަފުޅުތަކެވެ. މިކަމަކީ މަސްވެރިން ނުހަނު އުންމީދުކޮށްގެން ތިބި ކަމެކެވެ. ސަބަބަކީ މަސްވެރިންނަށް ކިތަންމެ ގިނައިން ލާރި ލިބުނަސް މަސްވެރިޔަކަށް ވީތީ ބޭންކުން ލޯނެއްވެސް ނުލިބެއެވެ. އަދި މަސްވެރިޔަކަށް ވީތީ އެއްވެސް ކްރެޑިޓް ސްކީމަކުންވެސް އެއްޗެއް ނުލިބެއެވެ. ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ލިބޭ އެތައް އިނާއަތްތަކުން މަސްވެރިއަކަށް ވީތީ އޮތީ މަހުރޫމު ވެފައެވެ. އެހެންކަމުން މަސްވެރިޔާ ކާޑު ތަޢާރަފް ކުރުމުން މަސްވެރިން ދެކުނީ މި ހުރިހާ ދުވަހު ނުލިބި އޮތް އިނާޔަތްތަކަށް ނިމުމެއް އައީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ފާހަކަފުޅަށް އިތުބާރުކޮށް ރާއްޖޭގެ އެތައް މަސްވެރިންނާއި އޮޑިވެރިން މި ކާޑު ހެއްދިއެވެ. މިގޮތުން 2500 އަށްވުރެ ގިނަ ކާޑު ހެއްދިއެވެ.

ނަމަވެސް ކަންވީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ނޫނެވެ. މަސްވެރިޔާ ކާޑު ތަޢާރަފްކުރިތާ 3 އަހަރުވާން ގާތްވިއިރުވެސް މި ކާޑުން ލިބޭނެކަމަށް ވިދާޅުވި އެއްވެސް އިނާޔަތެއް ނުލިބުނެވެ. މަސްވެރިންނަށް ޚާއްޞަކޮށްގެން ލޯނެއް ތަޢާރަފް ނުކުރެވުނެވެ. އެއްވެސް ކުރެޑިޓް ސްކީމަކުން ފުރުޞަތެއްވެސް ނުލިބެއެވެ. އެންމެ ކުޑަމިނުން ސަރުކާރުގެ ކުންފުނި، އަދި މިފްކޯގެ ބެލެނިވެރި ކުންފުނި އެސްޓީއޯގެ ކްރެޑިޓް ސްކީމުންވެސް މަސްވެރިންނަށް ފުރުޞަތެއް ނުދެއެވެ.

މީގެ ކުރިން ފައިސާ ބެހުމަށްފަހު ފައިސާ ލިބެނީ ސީދާ މަސްވެރިންގެ އަތަށެވެ. ނަގުދު ފައިސާއެވެ. ނަމަވެސް މިކާޑުގެ ސަބަބުން ފައިސާ ނެގުމަށް ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިއްޖެއެވެ. ކޮންމެ ރަށެއްގައި ބޭންކެއް ނުވަތަ އޭޓީއެމްއެެއް ނެތުމުގެ ސަބަބުން ފައިސާ ނަގަން ދަތުރު ހަދާ ބޭންކު ހުންނަ ރަށްރަށަށް ދާން ޖެހުނެވެ.

ޝައްކެއްވެސް ނެތް ގޮތުގައި މަސްވެރިން މި ސްކީމްގައި ބައިވެރިވީ އިތުރު އިނާޔަތް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މަސްވެރިޔާ ކާޑަކީ މަސްވެރިންނަށް ޖެހުނު ބޮޑު ތަކުލީފެއް ކަމަށް މަސްވެރިންނާއި އޮޑިވެރިން ދެކެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އެންމެ އާދައިގެ ވިސާ ކާޑެކޭ މަސްވެރިޔާ ކާޑެކޭ ވަކި ތަފާތެއް ނެތެވެ. ހަމައެކަނި ފަރާތަކީ ކާޑުގެ ނަމެވެ. މިކަމަކީ މަސްވެރިންނަށް ލިބެމުން އައި ފައިސާ “އޮޅުވާލައިގެން” ބޭންކަށް ވެއްދުމަށް ބޭންކުން ހިންގި ބޮޑު ޖަރީމާއެއް ކަމަށް ގިނަ މަސްވެރިން ސިފަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ިހ މިހާރު މި އޮތް ސަރުކާރުން ކޮންކަމަކަށްތީ ދަޅަ ނުދައްކަނީ؟؟

Comments are closed.