މަސްވެރިކަމާއި ގުޅޭ

775F2E38-85A8-45C0-8D7B-9BD6760B3033

ދެ ބޯ ލީ ވެލައެއް އެމެރިކާއިން ފެނިއްޖެ

ދެ ބޯ ލީ ވެލައެއް އެމެރިކާއިން ފެނިއްޖެއެވެ.
ޑައިމަންޑުބެކް ޓެރަޕިން އާއިލާގެ މި ވެލާ ފެނިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދަކުންނެވެ. ބާންސްޓޭބަލް ނެޗުރަލް ރިސޯސަސް ޑިޕާޓުމަންޓުންވަނީ މި ވެލާ ކޭޕް ވައިލްޑްލައިފް ސެންޓަރަށް ގެންގޮސްފައެވެ.

މިފަދަ ވެލާ އަކީ ވަރަށް މަދުން ފެންނަ ވަތްތަރެއްގެ ވެލައެކެވެ. އަދި މިއީ އުފެދުމުގައި ޖެނެޓިކްސްއަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ މާޙައުލުގެ ގޮތުން ދިމާވާ ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ވެލާގެ ދެ ބޯ ހުންނަ އިރު، 6 ފައި އިނދެއެވެ. ކޭޕް ވައިލްޑް ލައިފް ސެންޓަރއިން މައުލޫމާތުދޭ ގޮތުގައި، މި ވެލާގެ ހަށިގަނޑުގެ ދެ ފަޅިވެސް ވަރަށް އެކްޓިވްއެވެ. އަދި ފާއިތުވީ 2 ހަފްތާ ތެރޭ ވެލާގެ ހެދިބޮޑުވުމަށް ގިނަ ބަދަލުތަކަކާއި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.

އެގޮތުން މިހާރު ރަނގަޅަށް ކައި، ފެން ގަނޑުގައި ފީނާ ހަދާއިރު، ދެ ބޯ ހުރުމުގެ ސަބަބުން އެއްވެސް އުނދަގުލެއް އުޅޭކަން ފާހަގަ ނުކުރެވޭ ކަމަށްވެސް އެ ސެންޓަރުން ހާމަކުރެއެވެ.

އާއްމުގޮތެއްގައި 2 ބޯ ލީ ޖަނަވާރުތަށް ގިނަ ދުވަހު ދުނިޔޭގައި ނުތިވެއެވެ. އެހެން ނަމަވެސް މި ވެލާގެ މިހާތަނަށް ހަދާފައިވާ ސިއްޙީ ދިރާސާތަށް ބަލާއިރު، އުއްމީދީ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އެމެރިކާ އަކީވެސް ދެބޯލީ ފުރޭތައެކެވެ.

Comments are closed.