މަސްވެރިކަމާއި ގުޅޭ

މާނިޔާމަސް

މާނިޔާމަހަކީ ރާއްޖޭގެ މަސްވެރިކަމުގައި އެންމެ ގިނައިން ބޭނޭ ފަރުމަހުގެ އެއްބާވަތެވެ. މިއީ މާކަނޑުގައްޔާއި އެތެރެވަރީގެ ޕަރުޕަރުގެ ބޭރުގައި ގަނޑު ގަނޑަށް އައިން ހަދައިގެން އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 1.2 މީޓަރަށެވެ. ދިރޭ އެން އުކައިގެން ދޮށީގައި ވަރަށް ފަސޭހަކަމާއެކު މި މަސް ބޭނެއެވެ. އޮއިވާލީގައިވެސް ވަރަށް ގިނައިން މާނިޔާމަސް އައިން އައިނަށާއި ގަނޑުގަނޑަށް އަޅާފައި ހުރެއެވެ.

މާނިޔާމަހަކީ ދިގުކޮށް ހުންނަ ކަނޑުތެރޭގައި ވަރަށް ބާރަށް ދަތުރުކުރާ މަހެކެވެ. މަހުގެ ކަރުތާފަތްގަޑުގެ ތިރިން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރި ގަނޑު މަހުގެ ކަންފަތް އެއްވަރު ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް ކުރުވާނެއެވެ. މަހުގެ ނިގޫކޮޅުގެ މަތީބަޔާއި ތިރީބައިގައި މަޑުކަށީގެ ކުޑަކުޑަ ކޮތަރިބައެއް މައިކޮތަރިބަޔާއި ވަކިން ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 25 އާއި 30 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 2 ހަރުކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. އަދި ބަނޑުދަށްފަރާތުގެ ކުލައަކީ މަޑުފިޔާތޮށި ކުލައެކެވެ. މަހުގެ އަރިމަތީގައި ގަދަ ރީނދޫކުލައިގެ ފުޅާ ތިންރޮނގު ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. މެދު ރޮނގު މަހުގެތުނބުން ފެށިގެން ލޯހުރަސްކޮށް ނިގޫކޮޅަށް ދެމިފައިހުރެއެވެ. މަހުގެ ޢާއްމު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި ކުދިމަހެވެ.

އިނގިރޭސި ނަން: : Rainbow runner

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!