މަސްވެރިކަމާއި ގުޅޭ

210312962_314763850331129_1569803645527382688_n

އިހަވަންދޫގައި މަސް ރައްކާކުރާ ފެސިލިޓީއެއް ޤާއިމްކުރަނީ

ހއ. އިހަވަންދޫގައި މަސް ރައްކާކުރާ ފެސިލިޓީއެއް ޤާއިމްކުރުމަށް ބަޖެޓުގައި ހިމަނައިފިއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖްލީހަށް ހުށަަހަޅާފައިވާއިރު، ހއ. އިވަންދޫގައި މަސް ރައްކާކުރާ ފެސިލިޓީއެއް ޤާއިމްކުރުމަށް 7 ލައްކަ 80 ހާސް ރުފިޔާވަނީ ހިމަނާފައެވެ.

ޒަމާނީ މަސްވެރިކަމަށް މަޝްހޫރު އިހަވަންދޫއަކީ ރާއްޖޭގެ އެންމެ ގިނަ މަސްވެރި އުޅަނދުފަހަރު ދުއްވާ އެއްރަށެވެ. އެހެންކަމުން އެރަށުގައި މިފަދަ ފެސިލިޓީއެއް ޤާއިމްވެގެން ދިޔުމުން އުތުރުގެ މަސްވެރިންނަށް ގިނަ ފަސޭހަތެކެއް ލިބިގެންދާނެ ކަަމަށް ޤަބޫލްކުރެވެއެވެ.

ސަރުކާރުން މިހާރުވެސްދަނީ މ.މުލަކާއި ގދ.ތިނަދޫގައި މަސްވެރިންގެ އަތުން މަސްގަނެ ރައްކާކުރާނެ ފެސިލިޓީތައް ޤާއިމްކުުރުމުގެ މަސައްކަތްކުރަމުންނެވެ.

އެގޮތުން މުލަކުގައި ތަރައްޤީކުރާ ޕޯޓުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މި މަޝްރޫއު ނިމުމާއިއެކު މުލަކުގެ ޕޯޓަށް ބޮޑެތި ބޯޓުތަކަށް ކައިރިކުރެވޭނެއެވެ. މުލަކުގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ.

ތިނަދޫގައި މަސް ގަންނަ ސެންޓަރު އެޅުމަށް ބޭނުންވާ ބިން މިފްކޯ އާއި މިހާރު ހަވާލުކޮށްފައިވާކަމަށާއި އެރަށުގައި އަޅާ ސެންޓަރުގައި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުންނާނެއެވެ. އަދި އެތަނުން 100 މެޓްރިކް ޓަނުގެ މަސް އެއް ފަހަރާ ޕްރޮސެސް ކުރެވޭނެކަމަށްވެސް މީގެކުރިން މިފްކޯއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!