މަސްވެރިކަމާއި ގުޅޭ

މޮޅަދޫ ބޭރުގައި އެޅި ކަނދުފަތި
މޮޅަދޫ ބޭރުގައި އެޅި ކަނދުފަތި

ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ކަނދުފަތިތައް އަޅާނީ އެ އަތޮޅެއްގެ މީހުން ބޭނުންވާ ތަނެއްގައި: މިނިސްޓަރު

ސްޕޯޓްސް ފިޝިންއަށް ނުވަތަ ވަދު ދެމުމަށް ޚާއްޞަ ކަނދުފަތިތައް އަޅާނީ އަތޮޅުތަކުގެ ރައްޔިތުންނާ މަޝްވަރާކޮށް އެ އަތޮޅެއްގެ ރައްޔިތުން ބޭނުންވާ ތަނެއްގައި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ، ރާއްޖޭގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ 30 ކަނދުފަތީގެ ތެރޭގައި ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ކަނދުފަތިތައް ހިމެނޭ ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ކަނދުފަތިތައް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން މި ކަނދުފަތިތައް ހަރުކުރާނީ ރައްރަށުގެ ކައުންސިލާއި މަސްވެރިންނާ މަޝްވަރާ ކުރުމަށްފަހު އެ ސަރަހައްދެއްގެ ނުވަތަ އެރަށެއްގެ ރައްޔިތުން ބޭނުންވާ ޕޮއިންޓެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސްޕޯޓްސް ފިޝިންއަށް ޚާއްޞަކޮށްގެން ފުރަަތަމަ ކަނދުފަތި އަޅައިފައެވެ. ނަމަވެސް ކަނދުފަތީގައި ޖެހި ވާ ކުރުވުމުގެ ސަބަބުން ބޮއި އަޑިއަށްގޮސް ގެއްލުނީއެވެ. މި ކަނދުފަތި ވައްޓާލާފައިވަނީ ހއ މޮޅަދޫގެ 3 މޭލު ބޭރަށެވެ. ފިޝަރީޒް މިނިސްޓަރު އަމަލީގޮތުން ބައިވެރިވެވަޑައިތައް މި ދަތުރުގައި ކަނދުފަތީގެ ވާ ތައްޔާރުކޮށްފައިވަނީ ޗާޓަށް ބަލައިގެން އެ ޗާޓުގައިވާ ފުންމިނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކަނދުފަތި އަޅަން ވާ ތައްޔާރުކުރިން ގާތްގަނޑަކަށް 270 މީޓަރަށް. އަޅުގަނޑުމެންނަށް ޗާޓުން ދެއްކީ އެ ސަރަހައްދުގެ ފުންމިނަކީ 180 މީޓަރު ކަމަށް. އެކަމަކު ކަނދުފަތި ފެއްތިތަނާ އޭގައިވާ ބަރާއެކު އަޑިއަށް ދިޔައީ. އަޅުގަނޑުމެން ފަހުން އެ ސަރަހައްދު ބަލާލިއިރު ގާތްގަނޑަކަށް 700 މީޓަރުގެ ފުންމިން އެބައުޅޭ. މިކަމުން މިލިބުނީ ހަމަ ރަނގަޅު ތަޖުރިބާއެއް. ކުރިއަށްއޮތް ތަނުގައި ހަމައެކަނި ޗާޓަށް ބަލައިގެން ކަނދުފަތި ނާޅާނަން. މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ޖުމްލަ 56 ކަނދުފަތި ވަނީ އަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!