މަސްވެރިކަމާއި ގުޅޭ

MIFCO (8)

މިފްކޯ މަސް ފިހާރަފަޅާލުން: ގެންދިޔައީ 40 ހާސް ރުފިޔާ

ރޭ އިރާކޮޅު މާފަންނު ޓާފް ދަނޑު ސަރަހައްދުގައި ހުންނަ މިފްކޯގެ މަސްފިހާރަ ފަޅާލައި އެފިހާރައިގައި އެވަގުތު ހުރި ހުރި ހުރިހާ ފައިސާއެއް ގެންގޮއްސިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، ފިހާރަ ފަޅާލާފައިވަނީ ތިން މީހަކު ވެގެން ރޭ އިރުއޮއްސި 18:50 އެހާކަންހާއިރު ކަމަށެވެ.

"މަގުރިބް ނަމާދަށް ފިހާރަ ބަންދުކުރި ފަހުން ދޮރު ހަލާކު ކޮށްލާފައި އެމީހުން ވަނީ. މަސައްކަތް ކުރާ ކަހަލަ ގޮތަކަށް ދޮރު ކުރިމަތީ ސަތަރިގަނޑެއް އަޅާލައިގެން ތިބެ އެތަން ފަޅާލީ. އެވަގުތު ފިހާރައިގައި ހުންނާނީ އަސުރު ނަމާދާ މަގުރިބު ނަމާދާ ދޭތެރޭ ލިބުނު ފައިސާ. އެއީ ގާތްގަނޑަކަށް 40 ހާސް ވަރަކަށް ރުފިޔާ. އެފައިސާއާއެކު ފައިސާ އަޅާފައި ހުރި ވަތްގަނޑުވެސް ހިފައިގެން ދިޔައީ." މިފްކޯގެ އޮފިޝަލް ވިދާޅުވިއެވެ.

މިފްކޯގެ ފިހާރަ ފަޅާލި 3 މީހުންގެ މޫނު އެނގޭގޮތަށް ސީސީޓީވީ އަށް ވަނީ ރިކޯޑް ކުރެވިފައެވެ. އެމީހުން ތިބީ މާސްކުވެސް ނާޅައެެވެ. މިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!