މަސްވެރިކަމާއި ގުޅޭ

މިފްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން:/ ފޮޓޯ: މިފްކޯ
މިފްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން:/ ފޮޓޯ: މިފްކޯ

މިފްކޯގެ 28 ވަނަ އަހަރީ ދުވަހާއި ގުޅިގެން، އެކުންފުނީގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މިފްކޯގެ 28 ވަނަ އަހަރީ ދުވަހާއި ގުޅިގެން، އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒިފުން ތަކެއް ވަނީ ލޭހަދިޔާކޮށްފައެވެ.
މިފްކޯއިން ބުނީ މިއީ ސިލްސިލާގޮތެއްގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮގުރާމެއް ކަމަށާއި މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ހުރި މިފްކޯގެ ސެންޓަރު ތަކުގައިވެސް މިޕްރޮގްރާމް ކުރިޔައް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. މީގެއިތުރުން އެކުންފުނީގައި މަސައްކަތްކުރާ މުވައައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައި ދިނުމާއި އެކަމަށް މުވައްޒަފުން ހޭލުންތެރި ކުރުމަށްވެސް ޕްރޮގްރާމްތައް ހިންގާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން:/ ފޮޓޯ: މިފްކޯ

މިފްކޯގެ ހިއުމަން ރިސޯސް ޖެނެރަލް މެނޭޖަރ ޙުސެއިން ޝުއާޒް ވިދާޅުވި ގޮތުގައި މީގެއިތުރުންވެސް އަހަރީ ދުވަހާއި ގުޅިގެން އިތުރު ޕްރޮގްރާމް ތަކެއް ތަޢާވަލް ކުރެވިފައިވާ ކަމުގައެވެ.

މިފްކޯއަކީ ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގައި ނަމޫނާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!