މަސްވެރިކަމާއި ގުޅޭ

އެކްސަސައިޒް ދޯސްތީގައި ބައިވެރިވާ އިންޑިއާ ކޯސްޓްގާރޑުގެ އުޅަނދެއް
އެކްސަސައިޒް ދޯސްތީގައި ބައިވެރިވާ އިންޑިއާ ކޯސްޓްގާރޑުގެ އުޅަނދެއް

އެކްސަސައިޒް ދޯސްތީ ފެށުމާއެކު ޤަވާއިދާ ހިފާލަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި މައްސަލައެއް ފެންމަތިވެއްޖެ

ތިން ޤައުމު ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ ފެށުމާއެކު ޤަވާއިދާ ހިފާލަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ 2 މަސްބޯޓު މަސްވެރިކަން ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން މަސްދޯންޏަކުން ބުނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ 2 މަސްބޯޓެއް މިއަދު ފެނިފައިވާ ކަމަށެވެ. މި ބޯޓުތައް ފެނިފައިވަނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުން ކަމަށާއި، މި މައްސަލަ އެމްއެމްޑީއެފާއި އިހަވަންދޫ ކައުންސިލަށްވެސް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް މިކަން ރިޕޯޓްކުރިތާ އެތައް އިރެއްވިއިރުވެސް މި ބޯޓުތައް ހުއްޓުވަން އެއްވެސް ފަރާތަކުން އެސަރަހައްދަށް ނާންނަކަމަށް މަސްދޯނިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިފަދަ މައްސަލައެއް ހުށައެޅުމާ ގުޅިގެން ކޯސްޓްގާރޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކްސަސައިޒް ދޯސްތީގައި ބައިވެރިވުމަށް ރާއްޖޭގެ ކޯސްޓްގާރޑުގެ ހުރިހާ ބޮޑެތި އުޅަނދެއް މާލެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މިއީ މި ސަރަހައްދުގެ ކަނޑުތައް ބެލެހެއްޓުމަށް ކުރިއަށްގެންދާ އެންމެ ވަރުގަދަ އެއް ތަމްރީން ޕްރޮގްރާމެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒްގެ އޮބްޒާވަރުއްގެ ގޮތުގައި މޮރިޝަސްއާއި ސީޝެލްސް އަދި ބަނގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ބައިވެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!