މަސްވެރިކަމުގެ އަތްމަތީ ފޮތުގައި ވާގޮތުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތަކެއް ވެއެވެ.
އެގޮތުން، ފަސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން މަނާ ކަމަށް އެ ފޮތުގައި ވެއެވެ. އެއީ:
- ބޮޑު ދަލުގެ (ޕަރސް ސެއިން) މަސްވެރިކަން
- އޮޔާދާ ދަލުގެ (ގިލް ނެޓް) މަސްވެރިކަން
- ދަމާ ދަލުގެ (ޓްރޯލް ނެޓް) މަސްވެރިކަން
- އެންވެރިކަމާއި ފަޅުގެ ސަރަހައްދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން
- ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން މިއެވެ.
އެހެންކަމުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް މި އުސޫލަށް ތަބާވެ، ނުކުރެވޭނެ ބާވަތްތަކުގެ މަސްވެރިކަމުން ދުރުހެލިވާން ޖެހޭނެއެވެ.