ވިއެޓްނާމުން އީޔޫއަށް އެތެރެކުރާ ކަނޑުމަހުގެ އަގު 123 މިލިއަން ޑޮލަރައް އަރައިގެންދާނެ ކަމަށް ވިއެޓްނާމުން ބުނެފިއެވެ.
ވިއެޓްނާމްގެ ޖަމިއްޔާއެއް ކަމަށްވާ ސީފުޑް އެކްސްޕޯޓަރސް އެންޑް ޕްރޮޑިއުސަރސް "ވީ.އޭ.އެސް.އީ.ޕީ" އިން ހާމަކުރާ ގޮތުގައި 1 އޮގަސްޓްއިން ފެށިގެން ޔޫރަޕިއަން ޔޫނިއަންއާއި ވިއެޓްނާމާ ދެމެދު ފްރީ ޓޭރޭޑްގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވާކަމަށެވެ. މިއެއްބަސްބުމުގެ ދަށުން 220 ބާވަތެއްގެ ކަނޑުމަހުގެ އުފެއްދުންތަކުން ޓެކްސްގެ ގޮތުގައި ނަގަނީ ސުމެއް އިންސައްތައިން ފެށިގެން 22 އިންސައްތައާ ހަމައަށްކަމަށް ވީ.އޭ.އެސް.އީ.ޕީ ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ފިނިކުރި މަހުން ނެގާ ޓެކްސް ސުން އިންސައްތައަށް ވެއްޓޭނެކަމަށާއި، ނަމަވެސް މިކަން ކުރެވޭނީ ވިދިވިދިގެން 3 އަހަރު ދުވަހަށް ބަހާލައިގެންކަމަށް ވީ.އޭ.އެސް.އީ.ޕީ ބުނެއެވެ. މިއީ ވިއެޓުނާމުގެ މަހުގެ ވިޔަފާރިތައް ފުޅާކުރުމަށް ލިބުނު ފުރުޞަތެއް ކަމަށާއި އަދި މިއެއްބަސްވުމުގެ ދަށުން އިތުރު ހަރަކާތްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވީ.އޭ.އެސް.އީ.ޕީއިން ބުނެއެވެ.
ވީ.އޭ.އެސް.އީ.ޕީއިން ހަމާކުރާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އެހެން ކުންފުނިތަކާއި އެއްފަދައިން އެފަރާތައްވެސް ކަނޑުމަހުގެ އެކްސްޕޯރޓާއި ކަޅުބިލަ މަހުގެ ވިޔަފާރިން ގެއްލުންލިބިފައިވާކަމަށެވެ.
ނަމަވެސް އީ.ވީ.އެފް.ޓީ.އޭ ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އަންދާޒާކުރެވޭ ގޮތުގައި ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ވިޔަފާރި ރަގަޅުވާނެކަމަށް އެފަރާތުން ބުނެއެވެ.
ވިއެޓްނާމްއާއި އީޔޫ ފްރީ ޓްރޭޑްގެ އެއްބަސްވުމުގެ ދަށުން އީޔޫގެ ޤައުމު ތަކުގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ކަރަކާތްތައް ހަރުދަނާކުރުމާއި، ޤަވައިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށްޓަކައި އޮކްޓޯބަރުމަހު 10 ވަނަ ދުވަހު ވިއެޓްނާމްގެ ކާން ހޯއަ ޕްރޮވިންގައި އެ ޤައުމުގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އިން ވަނީ ޚާއްޞަ ކޮންފެރެންސްއެއް ބާއްވާ މަޝްވަރާކޮށްފަވެއެވެ.