މަސްވެރިކަމާއި ގުޅޭ

vandhoo ice

ހޯރަފުށި އަދި ގާފަރުގެ އައިސްޕްލާންޓް، މަސްވެރިންގެ ދުވަހު ހުޅުވަނީ

ހއ. ހޯރަފުށި އަދި ކ. ގާފަރުގެ އައިސްޕްލާންޓު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

އެގޮތުން މި ދެ އައިސްޕްލާންޓު މިއަހަރުގެ މަސްވެރިންގެ ދުވަހު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ޓީވީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢިލް ފައުޒީ ވިދާޅުވީ، ވިދާޅުވީ މަސްވެރިންނަށް އައިސް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރުވެސް 4 އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މީގެތެރެއިން 2 އައިސްޕްލާނެޓެއް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް އިސްމާޢިލް ވިދާޅުވިއެވެ.
"މިހާރު މިފްކޯގައި އެބަހުރި 20 އައިސްޕްލާންޓު، އިތުރު 4 އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށްދަނީ، 2 އައިސްޕްލާންޓުގެ މަސައްކަތް ނިންމާފައި، މިހާރު އިތުރު 2 އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް އެބަކުރަން،" އިސްމާއިލް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ރިމޯޓުކޮށް 17 އައިސްޕްލާންޓު އޮޕަރޭޓް ކުރަމުން ދާއިރު، އެއީ ގާތްގަނޑަކަށް 730 ޓަނުގެ ކެޕޭސިޓީކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކުންފުނީގައި އައިސް ފޯރުކޮށްދިނުމުގެ ކެޕޭސިޓީ އެބަހުރިކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ހޯރަފުށި މިހާ ހާސަމިވާސަބަބަކީކޮބާ ހުރިހާކަމެއް މިރަށަށް
    މިވާރުތަ މިކުރަނީ

Comments are closed.