މަސްވެރިކަމާއި ގުޅޭ

އުރަހަކަޅު މިޔަރު (ފަޅުމިޔަރު)

އުރަހަކަޅު މިޔަރަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތިންނާއި، ފަޅުފަޅުތަކުގެ ތެރޭން ގިނައިން ފެންނަ މިޔަރެކެވެ.

މިބާވަތުގެ މިޔަރު އަތޮޅުންބޭރު މާކަނޑުތަކުގައިވެސް މަދުމަދުން އުޅޭކަމަށްވެއެވެ. މިއީ މެދުއިސްކޮޅެއްގެ މިޔަރެކެވެ. މިމިޔަރު އެންމެ ބޮޑުވަނީ 1.8 މީޓަރަށެވެ. މިޔަރުގެ ތުންކުރުވެފައި ބޮލުގެ ކޮޅު ހުންނަނީ ވަރަށް ބޮޑަށް ވަށްކޮށެވެ. މިޔަރަކީ ގޯނާކޮށްފިނަމަ ބައެއްފަހަރު އިންސާނުންނަށް ނުރައްކާތެރި ޙަމަލާދޭ މިޔަރެއްކަމުގައިވަނީ ބެލިފައެވެ. ފަރުމަތީގައި ދަގަނޑުޖަހައިގެން މަސްހިފަންއުޅޭ ފަރާތްތަކަށް މިބާވަތުގެ މިޔަރު ޙަމަލާދިނުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ގިނަމިޔަރާ ޚިލާފަށް ތަންކޮޅެއް މަޑުމައިތިރި އިސްކޮޅުން އެހާބޮޑުނޫން މިޔަރެއްކަމުން މިއީ މާނުރައްކާތެރި މިޔަރެއްކަމަކަށް ނުބެލެއެވެ. މިމިޔަރަށް، "ފަޅުމިޔަރު” އޭވެސް ކިޔާއުޅެއެވެ.

އުރަހަކަމު މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ މަޑުމުށިކުލައެކެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައެއްގައެވެ. މިޔަރުގެ ހުރިހާ އުރަހަތަކެއްގެ ކޮޅު ހުންނަނީ ކަޅުކުލައިގައެވެ. އުރަހަކަޅު މިޔަރު ވިހާއިރު ގިނައިން ވިހާފައި ހުންނަނީ 4 މިޔަރެވެ. އަދި ވިހާ ޅަމިޔަރުގެ ދިގުމިން ހުންނަނީ 33 ސެންޓިމީޓަރާއި 50 ސެންޓިމީޓަރާ ދެމެދުގައެވެ. މިބާވަތުގެ މިޔަރުގެ ކާނާއަކީ ކުދިމަހާއި ބޯވައެވެ. މިއީ ކެއުމަށް ބޭނުންކޮށްއުޅޭ އަދި ވިޔަފާރިއަށް އުރަހަ ބޭނުންކުރެވިދާނެ މިޔަރެކެވެ.

އިނގިރޭސި ނަން: Blacktip reef shark
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!