މަސްވެރިކަމާއި ގުޅޭ

ރަތްތިކިފާނަ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައްޔާއި، ހާހަލާއި، ތިލަތިލައިގައި، 38 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ މަހެކެވެ.

ދިވެހިން ދުވާލާއި ރޭގަނޑު ކުރާ ކެޔޮޅުކަމުގައި މިމަސް ބޭނެއެވެ. މިއީ ކެއުމަށް ބޭނުންކުރާ މީރުމަހެކެވެ. މަހުގެ އަމިއްލަ މާޙައުލުގައި އުޅޭއިރު މިމަހަކީ ވަރަށް ރީތިކޮށް ގަދަ ރަތްތިކިތަކެއް ޖަހާފައި ހުންނަ ރަތްކުލައިގެ މަހެކެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކިނަމެއް ކިޔާއުޅޭކަމަށް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގެ ޚާއްސަ ސިފަތަކަށް ވިސްނާ މިމަހަށް "ރަތްތިކިފާނަ" ކިޔާ ނަންދިނީއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 ނުވުތު 10 މަޑުކުށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތުރިބަޔާއި ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ މުޅިހަށިގަޑުގައި ހުންނަނީ ރަތްކުލައިގެ ތިކިތަކެއްޖަހާފައެވެ. މަހުގެ މަތީކޮތަރިބައިގެ ފަހަތުން މަހުގެ ނިގޫފަތުގެ މަތީ ކައިރީގައި ރަތްމުށިކުލައެއްގެ ލަފެއް ހުރެއެވެ. މަހުގެ ނިގޫފަތުގައިވެސް ރަތްމުށިކުލައިގެ ފުޅާރޮނގެއް ހުރެއެވެ. މިއީ އިސްކޮޅުން ކުޑަމަހެކެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 20 ސެންޓިމީޓަރަށެވެ. މަހުގެ ޢާއްމު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕެވެ.

އިނގިރޭސި ނަން:Leopard hind
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!