މަސްވެރިކަމާއި ގުޅޭ

ތިއްޖެހިފާނަ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި އެތެރެވަރީގައި މުރަކަތަކާއި ގާތަކުގެނިވަލުގައި ގިނައިން އުޅޭމަހެކެވެ.

މިބާވަތުގެ ފާނަ ކިލަނބު ހެދިފައި ހުންނަ ހިސާބުތަކުގައިވެސް އުޅެއެވެ. މިބާވަތުގެ ފާނަ ޢާއްމުކޮށް އުޅޭ ފުންމިނަކީ 6 މީޓަރާއި 200 މީޓަރާދެމެދެވެ. މިއީ ދުވާލު ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނައިން ބޭނޭމަހެކެވެ. މިމަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަށިކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 40 ސެންޓިމީޓަރަށެވެ. މަހުގެ ޢާއްމު ކާނާއަކީ ޑިނގާފާޑުގެ ސޫތްޕާއި ކުދިމަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 11 ހަރުކަށްޓާއެކު 15 އާއި 17 އާދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ގާތްގަޑަކަށް އެއްވަރަށް ހަމަޔަށް، ކަނޑާލެވިފައި ހުންނަ ގޮތަކަށެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގެ ކޮޅުހުންނާނީ ވަރަށް ފުރިހަމަކޮށް ވަށްކޮށެވެ. މަހުގެ ހަށިގަޑުގައި ވަރަށް ގިނަޢަދަދަކަށް ގަދަމުށިކުލައިގެ ތިކިތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ފަހަތުކޮޅުންފެށިގެން ބަނޑުދަށްފަރާތު ކޮތަރިކައިގެ ކުރިޔަށް 8 އާއި 14 އާ ދެމެދުގެ ޢަދަދަކަށް ތިކިހުރެއެވެ. މަހުގެ ހުރިހާ ކޮޓަރިއެއްގައިވެސް ތިކިހުރެއެވެ. ނިގޫފަތުގެ ކައިރިފަށް ހުންނަނީ ފަނޑު ކުލައިގައެވެ.

އިނގިރޭސި ނަން: Areolate grouper
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!