މަސްވެރިކަމާއި ގުޅޭ

Reef Fish

ރާއްޖޭގައި ފަރުމަހުގެ މަސްވެރިކަން ފުޅާވީ ފަތުރުވެރިކަން ފެށި ފަހުން

1980 ވަނަ އަހަރު ފަރުމަހުގެ މަސްވެރިކަމާ ބެހޭ ދިރާސާއެއް ރާއްޖޭގައި ހެދުނެވެ.

އެއީ ފަރުމަހުގެ މަސްވެރިކަމުގެ އަޖުމަ ބެލުމުގެ ގޮތުންނެވެ. އެ ދިރާސާގެ ނަތީޖާއެއް ކަމަށް ދެއްކީ، ދިވެހިން ކަނޑުމަހުގެ މަސްވެރިކަން އޭރު ފުޅާދާއިރާއެއްގައި ކުރަމުން އައި ނަމަވެސް، ފަރުމަހުގެ މަސްވެރިކަން އެހާބޮޑަށް ނުކުރާ ކަމެވެ. އެހެންކަމުން ދިވެހިންގެ ކެއުމުގެ ތެރޭގައި ވެސް ފަރުމަސް އެހާ ގިނައަކުން ނުހިމެނެއެވެ.

ނަމަވެސް 1900 ގެ އަހަރުތަކުގެ ފަހުކޮޅުގައި، ރާއްޖޭގައި ފަތުރުވެރިކަން ފުޅާވުމާއެކު، ފަރުމަސް ވިއްކުމުގެ ބާޒާރު ހުޅުވުނެވެ. އެހިސާބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ކުރިއަރައިގެން ދިޔައީއެވެ. އަދި ދިވެހިންގެ ކެއުމުގައި ވެސް ފަރުމަސް ހިމެނޭ މިންވަރު އިތުރުވެގެން ދިޔައެވެ.

އޭގެ ފަހުން، 2014 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ދިވެހިންގެ ގޭބިސީއަކުން ހަފްތާއަކު ގާތްގަނޑަކަށް 1 ކިލޯ އާއި 5 ކިލޯއާ ދެމެދުގެ އަދަދަކަށް ފަރުމަސް ކެއުމުގައި ބޭނުން ކުރެއެވެ. ހަމައެޔާއެކު، ފަރުމަހުގެ އެކްސްޕޯޓް މާކެޓްވެސް ފުޅާވެގެން ދިޔައެވެ. ނަމަވެސް ފަރުމަސް ގިނައިން ވިއްކަނީ ރިސޯޓުތަކަށާއި ލޯކަލް މާރުކޭޓަށެވެ.

ފަރުމަހުގެ މަސްވެރިކަމަކީ އެއް ދުވަހުން ކުރާ ކަމެއް ނަމަވެސް، ބައެއް ފަހަރު ފަރުމަހަށް ދާ ދޯނިތައް އެކަމުގައި ދެތިން ދުވަސް ހޭދަ ކުރެއެވެ.

ރާއްޖޭގައި ފަރުމަހުގެ މަސްވެރިކަމުގެ މައުލޫމާތު ރިޕޯޓު ކުރުމުގެ އިންތިޒާމު އެންމެ ފުރިހަމައަށް ހަމަޖައްސާފައި ނެތުމުން، ފަރުމަހުގެ މަސްވެރިކަން ކުރެވޭ މިންވަރު އަންދާޒާ ކުރާކަށް ނޭނގެއެވެ.

ނަމަވެސް 2017 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު ރާއްޖޭގައި ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 1400 އުޅަނދާއި 5000 މަސްވެރިން ފަރުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރި ވެއެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނެނީ، އާމްދަނީ ހޯދަން މަސްވެރިކަން ކުރާ ކިހާ މީހެއް ކަމެއް އެނގޭކަށް ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!