މަސްވެރިކަމާއި ގުޅޭ

FB806616-0EA3-4A43-880B-7CF257CF68BA

މިފްކޯއިން މާދަމާ އާ 2 ވައްތަރެއްގެ މަސްދަޅު ބާޒާރަށް ނެރެނީ

މިފްކޯއިން މާދަމާ އާ 2 ވައްތަރެއްގެ މަސްދަޅު ބާޒާރަށް ނެރުމަށް ނިންމައިފިއެވެ.

މިފްކޯއިން ބާޒާރަށް އަލަށް ނެރުމަށް ހަމަޖެހިފައިވަނީ ބަނޑައިދޫ މަސް ދަޅާއި ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ މަސް ދަޅެވެ. މިއީ ރޯދަމަހަށް ހާއްސަކޮށްގެން ނެރޭ މަސްދަޅުތަކެކެވެ.

މިފްކޯއިން ވަނީ މި ދެ ވަތްތަރުގެ މަސްދަޅު ބާޒާރަށް ނެރުމަށްޓަކައި މާދަމާ ހުޅުމާލެ 2ވަނަ ފިޔަވަހީގައި ހާއްސަ ހަރަކާތެެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ މާދަމާ ހަވީރު 17:00 އިން 19:00އަށެވެ.

މިފްކޯއިން ބާޒާރަށް އަލަށް ނެރުމަށް ހަމަޖެހިފައިވާ 2 އުފެއްދުމާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމްގައި ވާހަކަދައްކަމުން، މިފްކޯގެ އެސިސްޓެންޓް މެނޭޖަރ، ސޭލްސް އެންޑް މަރކެޓިންގ އިސްމާއިލް އީނައު ވިދާޅުވީ އަލަށް ނެރުމަށް ހަމަޖެހިފައިވާ ދެ ވަތްތަރުގެ މަސްދަޅަކީ ޓޫނާ އިން ސްޕައިސީ ލެމަން ވޯޓާ އާއި، ބަނޑައިދޫ މަސްދަޅު ކަމަށެވެ.

ރޯދަމަހަކީ މިފްކޯގެ އުފެއްދުންތަކަށް ޑިމާންޑު ބޮޑުވާ މަހެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ރޯދަމަހަށް ދުރާލައި މިފްކޯއިން ތައްޔާރުވެއެވެ. މިފްކޯގެ އުފެއްދުންތައް ހުސްނުވެ މިއަހަރުގެ ރަމަޟާން މަހު ލިބެން ހުންނާނެ ކަމުގެ ޔަޤީންކަން އެކުންފުނިންވަނީ ދީފައެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!