މަސްވެރިކަމާއި ގުޅޭ

3T

އޮޑިޝާގެ ބީޗަކަށް 2 ލައްކައަށްވުރެ ގިނަ ވާވޮށި ބެލާ ބިސް އަޅަން އަރައިފި

އެއް ދުވަސްތެރޭ އިންޑިއާގެ އޮޑިޝާގެ ބީޗަކަށް 2 ލައްކައަށްވުރެ ގިނަ އޮވިލް ރިޑްލީ ނުވަތަ ވާވޮށި ވެލާ ބިސް އަޅަން އަރައިފިއެވެ.

ކޮންމެ އަހަރެއްްގެވެސް މިދުވަސްވަރު ގިނަ އަދަދެއްގެ ވާވޮށި ވެލާ އޮޑިޝާގެ ގަހިރުމަތާ މެރިން ސެންޗުއަރީގެ ނަން ދެވިފައިވާ ބީޗަށް ބިސް އަޅަން އަރައެވެ. މިދިޔަ ހުކުރު ދުވަހު 2 ލައްކައަށް ވުރެ ގިނަ ވާވޮށި ވެލާ މި ބީޗަށް ބިސް އަޅަން އަރާފައިވާއިރު، މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ވެލާ ބިސް އަޅަން އެ ބީޗަށް އެރި ދުވަހެވެ.

ވެލާ ބިސް އަޅަން އަރާ މި ސަރަޙައްދު ވަނީ ހިމާޔަތްކޮށްފައެވެ. އެހެން ކަމުން މި ބީޗު ވެފައިވަނީ ވެލާ ތަކަށް ރައްކާތެރި ތަނަކަށެވެ.

މިދިޔަ އަހަރު މި ބީޗަށް 3 ލައްކައަށްވުރެ ގިނަ ވެލާ ބިސް އަޅަން އަރާފައިވެއެވެ. އާއްމުކޮށް 4 ނޫނީ 7 ދުވަސް ވަންދެން ވެލާތައް ބިސް އެޅުމަށް ބީޗުގައި މަޑުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!