މަސްވެރިކަމާއި ގުޅޭ

hdasjj

މިފްކޯއިން އާ ދެވައްތަރެއްގެ މަސްދަޅެއް މާރކެޓަށް

މިފްކޯއިން މަސް ލުނބޯ މިރުހާއި އެކު އަދި ޒައިތޫނި ތެލުގައި ބަނޑައިދޫގެ ނަމުގައި ދެ މަސްދަޅެއް މާރކެޓަށް ތައާރަފްކޮއްފިއެވެ.

ފޭސް 2 ގެ ހުސްބިމުގައި ބޭއްވި ރަސްމިއްޔާތުގައި މި ދެ މަސް ދަޅު އިފަތިތާޙް ކޮއްދެއްވީ މިފްކޯގެ ސީ. އީ. އޯ އިސްމާއިލް ފައުޒީ އާއި މިފްކޯގެ ބޯރޑް މެމްބަރު މުޙައްމަދު ޝުއެއިބް އަޙްމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީ.އީ.އޯ ވިދާޅުވީ ދަޅުމަހުގެ ބާވަތްތަކަކީ ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރޮޑަކްޓުތަކެއް ކަމަށެވެ. މިގޮތުން ކުންފުނިން ބާޒާރަށް ނެރުނު "ހޮޓްޕެކްގެ" ބާވަތްތަކަށްވެސް ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ރޯދަމަހާ ދިމާކޮށް ލޯންޗުކޮށްފައިވާ މި ދެ ޕްރޮޑަކްޓަކީވެސް ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދާނެ ޕްރޮޑަކްޓެއް ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މިފްކޯއިން ކޮންމެ ޕްރޮޑަކްޓެއްވެސް ބާޒާރަށް ނެރުމުގެ ކުރިން އެތައް ޓެސްޓުތަކެއް ކޮށް ބަލަންޖެހޭ ކަންކަން ބަލާ ކަމަށާއި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ބޭނުންވާ އުފެއްދުންތައް ފޯރުކޮށްދިނުމަށް މިފްކޯއިން އަބަދުވެސް މަސައްކަތްކުރާކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.

މަސްދަޅުތަކުގެ ރަހަބެލުމައްޓައި ފޭސް 2 ގެ ގިނަ އަދަދެއްގެ ރައްޔިތުން މިފްކޯގެ ސްޓޯލްއަށް ޒިޔާރަތް ކުރިއެވެ. އަދި ރަހަބެއްލެވި ކޮންމެ ބޭފުޅަކަށް އަލަށް ތަޢާރަފް ކުރެވުނު ދެ މަސްދަޅު ހަވާލުކުރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!