މަސްވެރިކަމާއި ގުޅޭ

275498351_1179070689508549_6702612003692186001_n

ކަނޑުގެ ދިރާސާތައް ކުރުމަށް ހުއްދައަށް އެދުމަށް އޮންލައިން ޕޯޓަލްއެއް

ކަނޑު ފަޅުތަކާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށް މިނިސްޓްރީން ދޫކުރާ ހުއްދައަށް އެދުމުގެ ކަންކަން ފަސޭހަ ކޮށްދިނުމަށްޓަކައި އޮންލައިން ޕޯޓަލެއް ލޯންޗްކޮށްފިއެވެ.

މި ޕޯޓަލްއަކީ ކަނޑުގެ ވެށްޓާބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުކޮށް، މިގޮތުން ހޯދޭ މަޢުލޫމާތާއި ޢިލްމު އިތުރަށް މުއްސަނދިވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީން ދެކެއެވެ.

ޕޯޓަލްގެ ލިންކް : https://marineresearchpermit.egov.mv

ޕިޝަރީޒް މިނިސްޓްރީން ދަނީ އެ މިނިސްޓްރީން ދޭ ޙިދުމަތްތައް ރައްޔިތުން ލިބިގަތުމުގައި ފަސޭހަ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. އެގޮތުން ބައެއް ޙިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު މިހާރުވެސް އޮންނަނީ ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!