މަސްވެރިކަމާއި ގުޅޭ

A9B154B4-4829-4D61-B6BC-B51F0E29AA1C

އެންޒީގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ކޮންމެ އަހަރެއްގެ ރަމަޟާން މަހެކޭ އެއްގޮތަށް މި އަހަރުވެސް އެންޒީގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ. މިދިޔަ އަހަރު " އެންޒީ ރޯދަމަސް ތިޔަބޭފުޅުންގެ އަރިހުގައި"ގެ ނަމުގައި ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަން މިއަހަރު އެންޒީއިން ކުރިއަށް ގެންދަނީ، " އެންޒީ ރޯދަމަސް އެންމެ ގާތުން' މި ނަމުގައެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެންޒީގެ ކޮންމެ ފިހާރަޔަކުންވެސް 200ރ އިން މަތީގެ ވިޔަފާރި އެއް ކޮށްލުމުން ކޮންމެ ހަފްތާއަކު ހޮވާލެވޭ 2 ނަސީބުވެރިންނަށް 5000ރ ދިނުމަށްވަނީ ނިންމާފައެވެ. އެންޒީގެ މި ޕްރޮމޯޝަން މޭމަހުގެ 5ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން އެންޒީގެ މަރކެޓިންގ މެނޭޖަރ ނަޒީމް ވިދާޅުވީ އެންޒީގެ ފިހާރަތަކުން މަސްދަޅުގެ އިތުރުން މަހުގެ އެކި ކަހަލަ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ. އެކުންފުނިން ވަނީ އެންޒީ މަސްދަޅުގެ އާ އުފެއްދުންތަކެއްވެސް ބާޒާރަށް ނެރުމަށް ނިންމާފައެވެ. މިކަމާއި ގުޅޭ ތަފްސީލްތައް ކުރިއަށް އޮތްތާގައި މީޑިއާތަކާއި ހިއްސާކުރާނެ ކަމަށް އެންޒީއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!