މަސްވެރިކަމާއި ގުޅޭ

ބުރެކި

ބުރެތްކަކީ ދިވެހި ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ ދިރޭއެމުގެ ތެރޭން ޚާއްސަކަމެއް ދެވިފައިވާ މަހެކެވެ.

މީގެ އެންމެ ބޮޑު އެއްސަބަބަކީ މިއީ ބޭނުންކުރާ ހުރިހާ އެމުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގަދަ އެންކަމަށްވާތީއެވެ. އެންވަތުގައި ގިނައިރު މަރުނުވެ ތިބޭ އެމަކަށްވާތީއެވެ. ރާއްޖޭގެ ފަރުފަރުތަކަށް އެން އަރާ މޫސުމުގައި ބުރެކި ވަރަށް ގިނައިން އަރައެވެ. ބުރެކި އެންމެ ބޮޑުވަނީ 9 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ފަނިފަކުސައެވެ. ބުރެކި ދޮންބުރެކީގެ ބާވަތްތަކާއެކު އައިން ހަދައިގެން އުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށްޓާއެކު 14 ނުވަތަ 15 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 15 ނުވަތަ 16 މަޑުކަށިހުރެއެވެ. ބުރެތްކަކީ ދިގުކޮށް. ބޯކޮޅަށް ވަށްކޮށް ހުންނަ މަހެކެވެ. މަހުގެ ނިގޫ ވަރަށް ބޮޑަށް ކަފިވެފައިހުރެއެވެ. އަދި ނިގޫފަތުގެކޮޅު ހިމަވެގެންގޮސް ނަރަވަޔަކަށް ބަދަލުވެފައިހުރެއެވެ. މަހުގެ ކަންފަތްގަޑު ބޮލަށްވުރެ ކުޑަތަންކޮޅެއް ކުރުވާނެއެވެ.

މަހުގެ ބުރަކަށިމަތީގެ ކުލައަކީ ފެހިކުލައަކަށްދާ ދަނބުކުލައެކެވެ. ބަނޑުދަށްފަރާތާއި އަރިމަތީގައި ކުލަ ފަނޑުކޮށް ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގައްޔާއި ތިރީ ކޮތަރިބައިގައި ވަރަށް ހިމަކޮށް އޮރެންޖު ކުލައިގެ ރޮނގުތަކެއް ދެމިފައިހުރެއެވެ.

އިނގިރޭސި ނަން: Fusilier damsel
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!