މަސްވެރިކަމާއި ގުޅޭ

FTHhEptaQAAfDHw

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

“ކަޅިރަަވަ" ދޯނީގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މިހާދިސާގެމައުލޫމާތު ލިބުނީ 14:32 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެއެވެ. އަދި ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ގއ.އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ. މިހާދިސާ ހިނގާފައިވަނީ ގއ.ވިލިނގިލި 10ނމ. ބޭރުން މަސްވެރިކަމުގައިއުޅުމުގެތެރޭގައި ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މަދުން ނަމަވެސް ދިމާވަމުން އަންނަ ވަރަށް ހިތާވެވެރި ހާދިސާއެކެވެ. ލޮލަށް ބުޅި ހެރުމުގެ ސަބަބުން އެ ލޮލުގެ ފެނުން ދާއިމަށް ގެއްލިފަވެސް އެބަހުއްޓެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް މަސް ބާނަން ދޮށި އަޅާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އައިނާއި ހެލްމެޓް ފަދަ ތަކެތި ބޭނުންކުރުމަކީ ކުރެވިދާނެ ކަމެއް ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!