މަސްވެރިކަމާއި ގުޅޭ

ތ.ގުރައިދޫ - ފޮޓޯ-ގުރައިދޫ މަސްވެރިންޕޭގު
ތ.ގުރައިދޫ - ފޮޓޯ-ގުރައިދޫ މަސްވެރިންޕޭގު

ތ. ގުރައިދޫ މަސްވެރިން ޖަމިއްޔާ ރަޖިސްޓްރީކޮށްފި

ތ. ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފިއެވެ.

މި ޖަމިއްޔާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ހާނިމް ވިދާޅުވީ މި ޖަމިއްޔާ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އެ ގުރައިދޫ މަސްވެރިންގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުން ކަމަށެވެ.

ހާނިމް ފާހަގަކުރިގޮތުގައި ޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. "ތ. ގުރައިދޫ މަސްވެރިންގެ ޖަމިއްޔާ" ރަޖިސްޓްރީ ކުރުމުގެ ކުރިންވެސް ގުރައިދޫއަށް ނިސްބަތްވާ މަސްވެރިންތަކެއް ދިޔައީ "ގުރައިދޫ މަސްވެރިން" ނަމުގައި ފޭސްބުކު ޕޭޖެއް ހިންގާ އެރަށުގެ މަސްވެރިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުންނެވެ.

ޖަމިއްޔާއަށް މަސްވެރިން ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހާނިމް ވިދާޅުވިއެވެ. ގުރައިދޫގައި މަހަށްދާ 4 ދޯނި އޮތް އިރު، ގާތްގަނޑަށް 100 ވަރަކަށް މަސްވެރިން އެރަށުގައި އުޅެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!