މަސްވެރިކަމާއި ގުޅޭ

ދާވަނި ބޭނުންކޮށްގެން ކަންނެލި ނަގަން މަސައްކަތް ކުރަނީ
ދާވަނި ބޭނުންކޮށްގެން ކަންނެލި ނަގަން މަސައްކަތް ކުރަނީ

ބޮޑުކަންނެލި ކިލޯއެއްގެ އަގު 110 ރުފިޔާއަށް އުފުލިއްޖެ

ބޮޑުކަންނެލި ކިލޯއެއްގެ އަގު 110 ރުފިޔާއަށް އުފުލިއްޖެއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ރާއްޖޭގެ ކަންނެލި ގަންނަ ކުންފުނިތަކުގެ ތެރެއިން އޯޝަން ހަންޓާސް ފިޝަރީޒް، އެންސިސް ފިޝަރީޒް، ބިގް ފިޝް އަދި އޯޝަން ފްރެޝްއިން ތިރީސް ކިލޯގެ މަތީގެ ކެންނެލީގެ އަގު ހުރީ 110ރ ގައެވެ. އަދި ބާކީ ހުރި ކުންފުނިތަކުގައި އަގު ހުރީ 105ރ ގައެވެ.

ބިގް ފިޝްއިން ބުނާ ގޮތުގައި ބޮޑުކަންނެލީގެ އަގު އުފުލިފައިވަނީ ރާއްޖޭގެ ކަންނެލީގެ މަސްވެރިކަން ދަށްވެ ކަންނެއްޔަށް ފުރާ މަސްވެރިން މަދުވުމުގެ ސަބަބުންނެވެ. އަދި މިހާރު އާއްމުކޮށް ކޮންމެ ދޯންޏަކުންވެސް ކިރުވަމުން ދަނީ 500 ކިލޯ އާއި އެއް ޓަނާއި ދެމެދުގެ އަދަދަކަށް ކަމަށާއި ކުންފުނިތަކަށްވެސް މިދުވަސްވަރު ގެއްލުން ވަމުން ދިޔަނަމަވެސް މަސްވެރިންނަށް ގެއްލުން ވިޔަ ނުދިނުމަށް މަހުގެ އަގު ބޮޑުކުރަން ނިންމީ ކަމަށް ބިގް ފިޝްއިން ހާމަކުރެއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި އާއްމުގޮތެއްގައި ކޮންމެ ދޯންޏަކުންވެސް 3 ޓަނު ނުވަތަ 4 ޓަނުގެ މަސް ކިރުވައެވެ. ބޮޑުކަންނެލީގެ އަގު 100 ރުފިއާއަށްވުރެ މަތީގައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!