މަސްވެރިކަމާއި ގުޅޭ

FTb2cxqaMAExsff (1)

އެންހިފަން ޑައިވިންގއަށް ފޭބި މަސްވެރިއަކަށް އަނިޔާވެއްޖެ

ތ. އަތޮޅު ބުރުނި ކައިރިއަށް ޑައިވިންގއަށް ގޮސް އުޅުނު މީހަކަށް އަނިޔާވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ބުރުނީ ދެކުނުން ހަތަރު މޭލު ބޭރުގައި އެންހިފަން އުޅުނު "މާފަތް4" ދޯނީގައި ހުރި 29 އަހަރުގެ މަސްވެރިއަކު ޑައިވިންގއަށް ގޮސްގެން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަސްދޯނިފަހަރު ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!