މަސްވެރިކަމާއި ގުޅޭ

download (10)

މެލޭޝިއާގެ ކަނޑުތަކުން މަސް ލިބޭ މިންވަރު މަދުވެ، މަހުގެ އަގުތައް އުފުލެނީ

މެލޭޝިއާގެ ކަނޑުތަކުން މަސް ލިބޭ މިންވަރު މަދުވެ، އެޤައުމުގައި ކަނޑުމަހުގެ އަގުތައް އުފުލިއްޖެއެވެ.

ނޭޝަނަލް ފިޝަރމެންސް އެސޯސިއޭޝަނާއި ހަވާލާދީ މެލޭ ނިއުސްގައި ބުނެފައިވަނީ، ކުރިއާ އަޅާ ބަލާއިރު މިހާރު މަސް ލިބޭ މިންވަރު 70 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ހާއްސަކޮށް މެލޭޝިއާގެ އުތުރުގެ ހިސާބުތަކުގައި މަސް ލިބޭ މިންވަރު ދަށްކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

ކުރިން އާއްމުގޮތެއްގައި މަހެއްގެ މައްޗަށް އެއް މިލިއަން ޓަނުގެ މަސް ބާނާއިރު، މިއަދަދު މިހާރުވަނީ ތިން ލައްކައަށް ދަށަށް ގޮސްފައެވެ. މަސް ލިބޭ މިންވަރު ދަށްވުމާއި އެކު މެލޭޝިއާގައި މަސްވެރިންގެ އާމްދަނީވެސް ވަނީ ދަށްވެފައެވެ.

މަހުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، ކުރިން 3 ނޫނީ 4 ރިންގެޓަށް ވިއްކި މަސް މިހާރު ބާޒާރުގައި ލިބެން ހުރީ 12 ނޫނީ 14 ރިންގެޓަށެވެ.

މެލޭޝިއާގެ ފިޝަރީޒް ޑިޕާޓްމަންޓުގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވާގޮތުގައި، މަސްވެރިކަން ދަށްވަމުންދާ ކަމަކީ ވަރަށް ކުރިންވެސް އެ ޑިޕާޓްމަންޓުގެ ސަމާލުކަމަށް އައިސްފައި އޮތް ކަމެކެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މަސްވެރިކަން ދަށްވަމުން އަންނަކަން ރެކޯޑު ކުރެވިފައިވާ ކަމަށާއި، މިހެން މި ދިމާވަނީ ކޮންމެ އަހަރަކުވެސް ގިނަ އަދަދަކަށް މަސް ބާނަމުންދާތީ ކަމަށް އެ ޑިޕާޓްމަންޓުގެ އޮފިޝަލް ބުނެފައިވެއެވެ.

އެގޮތުން ބެލެހެއްޓުމެއް ނެތި ދާ އަޅައިގެން މަސްވެރިކަން ކުރަމުންދާތީ މަހުގެ ސްޓޮކް މަދުވަނީކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!