މަސްވެރިކަމާއި ގުޅޭ

miyaru1

ފައްތާ ލައިޓަށް މިޔަރުގެ ދެވަނަ ހަމަލާ، މިފަހަރުވެސް ސަލާމަތެއް ނުވި!

އެންދަމަން ކަނޑު އަޑިއަށް ފައްތާފައި އޮތް ލައިޓަކަށް މިޔަރެއް ހަމަލާ ދީފިއެވެ.

މިއީ މި އަހަރުތެރޭގައި އަޑިއަށް ފައްތާ ލައިޓަކަށް މިޔަރުގެ ފަރާތުން ދިން ދެވަނަ ހަމަލާއެވެ.

މަސްވެރިން މިފަހަކަށް އައިސް އެންދަމަން ބޭނުން ކުރަނީ އަޑިއަށް ފައްތާ ލައިޓެވެ. ކަރަންޓް ކޭބަލްގެ އެހީގައި މަސްވެރިން ބޭނުންވާ ފުން މިނަކަށް މި ލައިޓް ފޮނުވާލެވެއެވެ.

ލައިޓުގައި މިޔަރު ދަތް އެޅުމުގެ މިހާދިސާ ހިނގާފައިވަނީ ހުވަދޫ އަތޮޅުގައި އެންވެރިކަން ކުރަން އުޅެނިކޮށް، ގއ. ނިލަންދޫ ހަނދުވަރީ ދޯންޏަށެވެ.

އެ ދޯނިން މައުލޫމާތު ދޭގޮތުގައިދޭގޮތުގައި ލައިޓުގައި ދަތް އެޅުމުގެ ސަބަބުން މަރުވެފައިވަނީ 3 ފޫޓުގެ މިޔަރެކެވެ. އެންގަނޑުގެ ބޭނުމުގައި އައި މިޔަރެއް ކަމަށް ލަފާކުރެވޭ ކަމަށްވެސް އެދޯނިން މައުލޫމާތުދެއެވެ.

"ލައިޓުވެސް ހަލާކުވެއްޖެ، އަނެއްކާ ލައިޓެއް ގަންނަން ޖެހުނީ، ވަރަށް ބޮޑު ގެއްލުމެއް މިވީވެސް،" ދޯނިން މައުލޫމާތުދެއެވެ.

މިއަހަރުގެ ކުރީކޮޅުވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ.

އެގޮތުން ގއ. ގެމަނަފުށީ ދޮންދީދީ ދޯނިން އޭރު މައުލޫމާތުދީފައިވާގޮތުގައި ދޯނީގެ އަޑިއަށް ފޮނުވާ ލައިޓު ނިވުމުން، ލައިޓް މަށްޗަށް ނެގި އިރު ކޭބަލްގައި މިޔަރު ދަތް އެޅުމުގެ ސަބަބުން، ލައިޓަށް ފެން އެޅި ލައިޓު ވަނީ އެއްކޮށް ހަލާކުވިކަމަށެވެ. އަދި ކޭބަލްގައި ދަތް އެޅުމުގެ ސަބަބުން ކަރަންޓުގައިޖެހި މިޔަރުވެސްް މަރުވިއެވެ.

މިޔަރަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެކެވެ. މި މަސް ބޭނުން މަނާކޮށްފައި އޮތުމުން، ރާއްޖޭގައި މިޔަރު ގިނަވެ މަސްވެރިންނަށް އޭގެ އުނދަގޫ ވަމުންދާކަމުގެ ޝަކުވާ އަބަދުވެސް ދަނީ އިވެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!