މަސްވެރިކަމާއި ގުޅޭ

F4AEEA55-7FCD-4EFD-85B7-5E5FD4044887

މަސް ހިފަން އުޅުނު މީހެއްގެ ކަރުގައި މަހެއް ތާށިިވެއްޖެ

ތައިލޭންޑުގައި މަސް ހިފަން އުޅުނު މީހެއްގެ ކަރުގައި މަހެއް ތާށިިވެގެން އަވަސް ފަރުވާދޭން ޖެހިއްޖެއެވެ.

ތައިލޭންޑުގެ ޕަތަލުންގު ޕްރޮވިންސްގައި މިދިޔަމަހު ހިނގި މި ހާދިސާގައި މީހެއްގެ ކަރުގައި ތާށިވެފައިވަނީ 5 އިންޗީގެ މަހެކެވެ. ސްޕިއަރ ފިޝިންގައި އުޅުނު އެމީހާ ފެނުން މައްޗަށް އެރި ގަޑީގައި އޭނާގެ އަނގަތެރެއަށް ވަން އެ މަސް ކަރުގައި ތާށިވެ، ނޭވާ ލާން އެމީހާއަށް އުނދަގޫވިއެވެ.

އަދި މަހުގެ މަތީ ފިޔަގަނޑުގައި ކޮންމެވެސް ވަރެއްގެ ތޫނު ކަމެއް ހުރުމުން، ނޭވާ ލާން ދަތިވުމުގެ އިތުރަށް ކަރުތެރެއަށް ވަރަށް ބޮޑަށް އަނިޔާވަނީ ވެފައެވެ.

އެ މީހާގެ ފުރާނަ ސަލާމަތްވެފައިވަނީ އަވަސް ފަރުވާ ލިބުމުންނެވެ. އެގޮތުން އެވަގުުތު އެ ސަރަހައްދުގައި ތިބި ބަޔަކު ވަނީ އެމީހާ އަވަހަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ކަރުތެރެއިން އެ މަސް ނެގުމަށް އެއް ގަޑިއިރުގެ ސާޖަރީއެއް ހަދާފައިވެއެވެ.

އެމީހާއަށް ފަރުވާދިން ހޮސްޕިޓަލުންވެސް ފާހަގަކުރާގޮތުގައި މިފަދަ ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ. އަދި މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ކުރިކަން ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!