މަސްވެރިކަމާއި ގުޅޭ

15540914_1891998914369227_4965246769847217295_o

މާންދޫ މަސްދަޅުގެ އަގުވެސް ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތަކެތި އަގުތައް އުފުލެމުން ދިއުމާ ގުޅިގެން ހޮރައިޒަން ފިޝަރީޒް އިން ވިއްކާ ބައެއް ތަކެތީގެ އަގުތަކަށް ބަދަލު ގެނެސްފިއެވެ.

ހޮރައިޒަން ފިޝަރީޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ އުފެއްދުމެއް ކަމަށްވާ "މާންދޫ މަސް" ތައްޔާރުކުރުމަށް ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ތަކެތީގެ ތެރެއިން މަސް ދަޅަށް އަޅާ ތެލުގެ އަގުތައް އުފުލިފައިވާތީ މިއަދުން ފެށިގެން އަގުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަލަށް ގެނައި ބަދަލާއެކު، 100ގ. ތެޔޮ މަސް ދަޅެއްގެ އަގު ވަނީ 12ރ. އަށް ބޮޑުކޮށްފައެވެ. ކުރިން މި ސައިޒުގެ މަސްދަޅެއްގެ އަގަކީ 10ރ. އެވެ. މި ސައިޒުގެ ތެޔޮ މަސް ދަޅު ކޭހެއްގެ ހޯލް ސޭލް އަގުވަނީ 400ރ އަށް ބޮޑުކޮށްފައެވެ. ކުރީގެ އަގަކީ 320ރ. އެވެ. އެހެންކަމުން މިއީ 80ރ. ގެ ބޮޑުވުމެކެވެ.

ފެން ދަޅެއްގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، 100ގ. ފެން މަސް ދަޅެއްގެ އަގަކީ 11ރ. އެވެ. ކުރީގެ އަގަކީ 9ރ. އެވެ. މި ސައިޒުގެ ފެން މަސްދަޅު ކޭހެއްގެ އަގަކީ މިހާރު 380ރ އެވެ. ކުރީނގެ އަގަކީ 300ރ އެވެ.

މާންދޫ މަސް ދަޅުގެ އަގު ބޮޑު ކުރިއިރު، މިފްކޯ އިން ވަނީ އެ ކުންފުނިން ވިއްކާ މަސް ދަޅުތަކުގެ އަގުތައް ވެސް ދާދި ފަހުން ބޮޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!