މަސްވެރިކަމާއި ގުޅޭ

DBB17960-32FA-475B-84D3-FEFAFA8AF059

މަސްވެރިން އެދުނު ގޮތަށް މަޑަވެލި އަދި ހޯއްޑެއްދޫއަށް އެމްއައިބީގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ދެނީ

މިވަގުތު އެއްވެސް ބޭންކެއްގެ ހިދުމަތް ލިބެމުން ނުދާ ގދ މަޑަވެލި އަދި ހޯޑެއްދޫއަށް އިސްލާމިކް ބޭންކުން ސެލްފްސާވިސް ބޭންކިން ހިދުމަތްދިނުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ވިދާޅުވީ މިއީ ރައްޔިތުން އެދިއެދި ތިބި ހިދުމަތެއްކަމަށާއި މި ކަމަށްޓަކައި އެމްއައިބީއަށް ޝުކުރު ދަންނަވާކަމަށެވެ.

މަޑަވެލީގައި އެމްއައިބީއިން ގާއިމްކުރާ ސެލްފް ސާވިސް ހިދުމަތާއިއެކު ރަށުގައި ތިބެ ފައިސާ ޖަމާކޮށް ނެގުމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެއެވެ. މިއާއިއެކު މިހާރު ފައިސާ ނެގުމަށް އުފުލަން ޖެހޭ ތަކުލީފު ނިމިމަކަށްއައިސް ޖަމާނުކުރެވި ހުރި ފައިސާ ރައްކާތެރިމަކާއިއެކު ބޭންކުގައި ރާއްކާކުރުމުގެ ފުރުސަތުވެސް މަޑަވެލި ހޯޑެއްދޫ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ގދ. މަޑެވެލީގައި އޭޓީއެމް ބެހެއްޓުމަށް އެމްއައިބީއިން މަސައްކަތް ފަށާފައި މިވަނީ މިއަހަރުގެ މާޗުމަހު އެމްއައިބީގެ ޓީމެއް އެރަށަށް ދަތުރުކޮށް މަސްވެރިންނާއި ބައްދަލު ކުރުމުގެ ތެރެއިން މަސްވެރިން އެކަމަށް އެދިފައި ވަނިކޮށެވެ. "އުޖާލާ މަސްވެރިޔާ" ގެ ނަމުގައި މަސްވެރިންނަށް ފެސިލިޓީ ތައާރަފްކުރުމަށް އެމްއައިބީގެ ޓީމް މަޑަވެލި އަދި ފަރެސްމާތޮޑާއަށް ކުރި މި ދަތުރުގައި މި ދެރަށުގެ މަސްވެރިންވެސް ވަނީ އެރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް އެދިފައެވެ.

މިއަދު ސޮއި ކުރެވުނުން އެއްބަސްވުމާއި އެކު ވީހާވެސް އަވަހަށް އޭޓީއެމްގެ ޚިދުމަށް ލިބިގެންދާނެ ކަމަށް މަޑަވެލި-ހޯޑެއްދޫ މަސްވެރިން އުއްމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!