މަސްވެރިކަމާއި ގުޅޭ

x7FF6CDA9-3218-49E5-A106-5B5F3B7F6699-p90tj8zeh2qijejbxzctnf4zm19kli9dfu96j19dvs.jpeg.pagespeed.ic.08ENI2JMZo

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް އަތުލައިގަނެފި

ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން މައުލުމާތުދޭގޮތުގައި  މ.މުލިން 76ނމ. އިރުން ހިފެހެއްޓި މަސްބޯޓުގެ މަޢުލޫމާތު ކޯސްޓްގާޑަށް ހިއްސާކޮށްފައިވަނީ "އަލަމޫ 2" ނަމަކަށް ކިޔާ ދޯންޏަކުންކަމަށެވެ.

ޖުމްލަ 6 ފަޅުވެރިން ތިބި ލަންކާގެ މަސްބޯޓު މިހާރު ދަނީ ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުން ލ.ކައްދޫއަށް ދަތުރުކުރަމުންކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުތެރޭވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރި ގިނަ ބޯޓުފަހަރުތަކެއް ވަނީ އަތުލައިގެންފައެވެ. ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގެންފި ނަމަ ޖޫރި މަނާއެއް ދައްކަން ޖެހެއެވެ. އެ ޖޫރިމަނާ ނުދައްކައިފި ނަމަ ބޯޓު ދައުލަތަށް ނެގުމުގެ ބާރު ދިވެހި ސަރުކާރަށް އޮވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!