މަސްވެރިކަމާއި ގުޅޭ

Stella-Fishing-1-1600x765

މަސްވެރިކަން ކުރިއެރުވުމަކީ ފިޝަރީޒް މިނިސްޓްރީގެ ޒިންމާއެއް: ޤާނޫނު

"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު" ގައި 'މަސްވެރިކަމޭ' ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ކަނޑުތަކުން ލިބޭ ދިރުން ހުރި އެއްވެސް އެއްޗެއް ހިފުން، ބޭނުން، ނެގުން، ނުވަތަ މިއިން ކަމެއް ކުރުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކަށެވެ. އަދި 'ކަނޑު'ތަކުގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރު، ފަޅު، ހާ، ގިރި ފަދަ ހުރިހާ ތަނެއް ހިމެނޭ ގޮތަށެވެ.

މަސްވެރިކަމުގެ ޤާނޫނުގައި ބުނާގޮތުން، މަސްވެރިކަމުގެ އެކި ކަންކަމާ ބެހޭ ގަވާއިދުތައް ހަދައި ހިންގުމުގެ އިޚުތިޔާރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިގެންވެއެވެ.

ރާއްޖޭގެ މަސްވެރިކަމާ ބެހޭ ކަންތައްތައް ފިޝަރީޒް މިނިސްޓްރީއިން ބަލަންވާނެ ކަމަށް މަސްވެރިކަމުގެ ޤާނޫނުގައި ބުނެއެވެ. އަދި މަސްވެރިކަމުގެ ކަންތައްތައް ތަރައްޤީ ކުރެވޭނެ ގޮތްތައް ހޯދައި، އެކަންކަމާ ގުޅޭ ތަހުލީލުތައް ކޮށް، މަސްވެރިކަން ތަރައްޤީ ކުރުމަކީވެސް ފިޝަރީޒް މިނިސްޓްރީގެ ކަމެއް ކަމަށް ޤާނޫނު ބުނެއެވެ.

މީގެ އިތުރުން، ޤާނޫނުގައި ވާގޮތުން، މަސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ބޭނުންވާ މައުލޫމާތު ހޯދައި، މަސްވެރިކަމާ ބެހޭ ތަފާސްހިސާބާއި އެނޫންވެސް އެފަދަ ލިޔުންތައް، ފިޝަރީޒް މިނިސްޓްރީން އެއްކުރަން ވާނެއެވެ.

ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތެއްނަމަ، ފިޝަރީޒް މިނިސްޓްރީން ބޭނުންވާ ގޮތެއްގެމަތިން، މަސްވެރިކަމާ ބެހޭ މައުލޫމާތު އެ މިނިސްޓްރީއަށް ދޭންވާނެކަމަށް ޤާނޫނު ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Gaanoonun zimaa kurias hadhaafa huri gavaaidhu thakun fennanee masverikan huttuvan masakkaiy kuraathan .i

Comments are closed.