މަސްވެރިކަމާއި ގުޅޭ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ތަފާތު ނުކޮށް، ކަންނެލި މަސްވެރިންނަށްވެސް އަގުހެޔޮކޮށް ޑީސަލް ލިބޭނެގޮތް ހެދުމަށް ބީކޭއެމްޔޫ އިން ގޮވާލައިިފި

މަސްވެރިންގެ މެދުގައި ތަފާތުކުރުންތައް ނައްތާލައި، ބޮޑު ކަންނެލި މަސްވެރިންނަށް ވެސް ހެޔޮ އަގުގައި ޑީސަލް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

މަސްވެރިންގެ މެދުގައި ތަފާތު ކުރުންތައް ނައްތާލުމަށް ގޮވާލާ ބީކޭއެމްޔޫއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑީސަލާއި ތަކެތީގެ އަގު ބޮޑުވުން ކަމަށެވެ.

އެފްއެސްއެމްއިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 20.02 އަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ދެކުނާއި އުތުރުގެ މަސްވެރިންނަށް ސަރުކާރުން ފެލިވަރު އަދިި ކޫއްޑޫގައި 16.84އަށް ޑީސަލް ލީޓަރެއް ވިއްކަމުން ދާކަމަށް ބީކޭއެމްޔޫއިން ފާހަގަ ކުރިއެވެ.

ބޮޑު ކަންނެލީގެ މަސްވެރިންނަކީ މުޅިންވެސް މާލެ ސަރަހައްދަށް މަސް ކިރައި، ތެލާއި ކޮއްތާއި ބޯފެންވެސް އާއްމު ގޮތެއްގައި މާލެ ސަރަހައްދުން އަރުވާ ބައެއް ކަމަށާއި ނަމަވެސް މާލެ ސަރަހައްދުގައި 16.84 އަށް ޑީސަލް ލީޓަރެއް ގަންނަން ނުހުންނަކަމަށް ބީކޭއެމްޔޫގެ ބަޔާނުގައިވެއެވެ. އެހެންކަމުން ޑީސަލް ލީޓަރެއް 20.02 އަށް ގަންނަން ޖެހޭތީ ބީކޭއެމްޔޫއިން ވަނީ ކަންބޮޑުވުމް ފާޅުކޮށްފައެވެ.

އެހެންކަމުން ދެކުނާއި އުތުރުގެ މަސްވެރިންނެކޭ އެއްފަދައިން، މެދުރާއްޖެެއާއި މާލެ ސަރަހައްދުން، 16.84 އަށް ނުވަތަ އެއަށްވުުރެ ހެޔޮ އަގުގައި ޑީސަލް ގަންނަން ލިބޭނެގޮތް މިހާރުން މިހާރަށް ހަމަޖައްސައިދިނުމަށް ބީކޭއެމްޔޫއިން ސަރުކާރަށް ގޮވާލިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!