މަސްވެރިކަމާއި ގުޅޭ

އައްޑޫ ސިޓީ މަރަދޫ، ފޮޓޯ- އައްޑޫ ސިޓީ ފޭސްބުކްޕޭޖް، އެލީ
އައްޑޫ ސިޓީ މަރަދޫ، ފޮޓޯ- އައްޑޫ ސިޓީ ފޭސްބުކްޕޭޖް، އެލީ

ބަޑިޖަހާ ދުވަސްތަކު މަސްވެރިން ސަމާލުވާން އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

އެމްއެންޑީއެފްގެ ފަޔަރިން ރޭންޖުގައި ބަޑިޖަހާ ދުވަސްތަކު މަސްވެރިން ސަމާލުވާން އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އައްޑޫސިޓީގެ ގަމުގެ ދެކުނުގައިވާ އެމްއެންޑީއެފްގެ ފަޔަރިން ރޭންޖުގައި، އޮކްޓޫބަރ 31 ގެ ނިޔަލަށް، އެކި ދުވަސްތަކަށް ބަހާލައިގެން ފަޔަރިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ.

"އެތަނުގައި ފަޔަރިން ކުރަމުންދާ ވަގުތުގައި އެ ރޭންޖުގެ ދެކުނުގައި އެ ސަރަހައްދުން ދަތުރު ކުރަމުންދާ ކަނޑުގެ އުޅަދު ފަހަރަށް ފެންނަގޮތަށް ރަތް ދިދަ ނެގިފައި ވާނެ ކަމުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް އިން އަންގަވާފައިވޭ" އައްޑޫ ސިޓީ ކައުންސިލްގެ އިއުލާނުގައިވެއެވެ.

އެހެންކަމުން، ހަމަޖެހެހިފައިވާ އުސޫލުން، އެ ރޭންޖުގައި ފަޔަރ ކުރަމުންދާ ދުވަސްތަކުގައި، އެ ރޭންޖުގައި ނެގިފައިވާ ރަތް ދިދައަށް މަސްވެރިން ސަމާލުވުމަށާއި އެ ސަރަޙައްދުގައި މަސްބާނަން މަޑުކޮށްގެން ނުތިބުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!