މަސްވެރިކަމާއި ގުޅޭ

img_md_201912010203441575191024.5539

ސަރުކާރުން މަޑިފުއްޓަށް ހަދިޔާކުރި މަސްދޯނި ކުއްޔަށް ނަގައިގެން ދުއްވާނެ ބަޔަކު ހޯދަނީ

ސަރުކާރުން ތ. މަޑިފުއްޓަށް ހަދިޔާކުރި މަސްދޯނި ކުއްޔަށް ނަގައިގެން ދުއްވާނެ ބަޔަކު ހޯދުމަށް މަޑިފުށީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
މަޑިފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މިިދިޔަ މަހު ބޭއްވި ކައުންސިލްގެ ޖަލްސާއިން ނިންމާފައި ވާގޮތަށް، އެރަށު ރައްޔިތުންގެ ''ދުރުރާސްތާ3'' މަސްދޯނި ކުއްޔަށް ދޫކުރަން އިއުލާނު ކުރާ ކަމަށެވެ.

ދުރުރާސްތާ 3 ދޯންޏަކީ 85 ފޫޓްގެ ފައިބަރު މަސްދޯންޏެކެވެ. ދޯނީގެ ދިގުމިނުގައި 25.910މީޓަރު ހުންނައިރު، ފުޅާމިނުގައި ހުންނަނީ 7.320 މީޓަރެވެ. އަދި ފުންމިނަކީ 3.380 މީޓަރެވެ.

މި މަސްދޯނި ކުއްޔަށް ނަގާ ފަރާތަކީ މަޑިފުށީ މީހަކަށް ވާން ޖެހެއެވެ. އަދި ދޯނި ދުއްވަންވާނީ ވެސް އެރަށުގައި ކަމަށް މަޑިފުށީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

މިދޯނި ކުއްޔަށް ދޫކުރުމަށް އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު އުސޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވެވޭނީ ޑިޕޮސިޓްގެ ގޮތުގައި -/3000ރ ( ތިންހާސް ރުފިޔާ ) ދެއްކުމަށް ފަހުގައެވެ.

އެހެންކަމުން، ދޯނި ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އިތުރު މަޢުލޫމާތު ސާފު ކުރުމަށް، އެ އިދާރާގެ ނަމްބަރ 6780034 އަށް ގުޅުމަށް މަޑިފުށީ ކައުންސިލުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!