މަސްވެރިކަމާއި ގުޅޭ

viber_image_2022-09-22_17-07-17-898

މަސްވެރިންނަށް ކުރިޔާލާ އައިސް ގަނެވޭނެ އިންތިޒާމް ފެނަކައިން ހަމަޖައްސައިދީފި

މަސްވެރިންނަށް ކުރިޔާލާ އައިސް ގަނެވޭނެ އިންތިޒާމް ފެނަކަ ކޯޕަރޭޝަނުން ހަމަޖައްސައިދީފިއެވެ.

މިއީ، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާގުޅިގެން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

މިގޮތުން، މިއަދު މިފްކޯގެ 14 އައިސްޕްލާންޓް ފެނަކައާ ޙަވާލުކުރެވުނު އިރު، "ފެނަކަ އައިސް" އޮންލައިން ޚިދުމަތް ވަނީ ތަޢާރަފް ކުރެވިފައެވެ.

މި ޚިދުމަތް މެދުވެރިކޮށް:

  • މަސްވެރިންނަށް ފަސޭހަކަމާއެކު ފޯން ނަންބަރ ބޭނުންކޮށްގެން ލޮގްއިން ކުރެވޭނެ.
  • ލޮގިން ކުރުމަށްފަހު އައިސް ބޭނުންވެލައްވާ ޢަދަދު ޖައްސަވައިގެން ޖުމްލަ އަގު ބަލާލެވޭނެ.
  • މަސްދަތުރަށް ތައްޔާރުވުމުގެގޮތުން ދުރާލާ، ބޭނުންވެލައްވާ ޕްލާންޓަކުން އައިސް ޕްރީއޯޑަރ ކުރެވޭނެ. އަދި އެއާއެކު އައިސް ލިބޭނެ ގަޑި އެނގޭނެ.
  • ޕްރީއޯޑަރ ކުރެއްވުމުން، އޯޑަރ ކުރެއްވި ޢަދަދާއި ޖުމްލަ އަގާއެކު ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެ.
  • ކުރީގެ އޯޑަރތަކުގެ ތަފްސީލް ބަލާލެވޭނެއެވެ.

މިވަގުތު އައިސް ޕްލާންޓްތައް ހުރީ ޖުމްލަ 14 ރަށެއްގައެވެ. އެއީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ފ.ފީއަލި، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ އަދި ސ.ހިތަދޫ އެވެ.

މި ޚިދުމަތާއެކު، އައިސް ހޯދުމަށް މަސްވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، މިހާރަށްވުރެ އިތުބާރާއި ޔަޤީންކަމާއެކު އައިސް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި ޔަޤީންކަމެއްނެތި އައިސް ހޯދަން ކިއުގައި މަޑުކުރަންޖެހޭ ޖެހުމަށް ނިމުން ގެނެވި މަސްވެރިންނަށް އެކަމުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވިގެން ދާނެ ކަމަށް ފެނަކައިން މައުލޫމާތުދިނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!