މަސްވެރިކަމާއި ގުޅޭ

photo_2022-10-07_13-21-40

3 އަހަރުގެ ވޮރެންޓީއާއެކު، މެރިން އިކުއިޕްމަންޓްގެ "ދޫނި ރާޑަރ"އިން މަސްވެރިންނަށް ފަސޭހަކަން

މަސްދޯނިފަރުގައި ބޭނުން ކުރަމުންދާ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން "ދޫނި ރާޑަރު"، މިއީ މަސްއައިނު ހޯދުމުގެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނުވި އެއްޗެކެވެ.

ރާޑަރަކީ ދަތުރުފަތުރުގެ ނިޒާމުގައި ވަރަށް ގިނަ ޚިދުމަތްތައް ފޯރުކޮށްދޭ އެއްޗެކެވެ. މަސްވެރިން އާންމުކޮށް ބޭނުންކުރާ "ޖީޕީއެސް" އަދި "ފިޝް ފައިންޑަރ"ގެ ބަދަލުގައި ހުރިހާ ޚިދުމަތެއް އެއްކޮށްލިބޭ އެއްޗެކެވެ.

މެރިން އިކުއިޕްމަންޓްސްއިން ލިބެން ހުންނަ "ރޭމެރިން ސައިކްލޯން ރާޑަރ" ނުވަތަ ދޫނި ރާޑަރުން، ވަށައިގެންވާ 96 ނޯޓިކަލް މޭލް ފެނުމުގެ އިތުރުން 'ދޫނި މޯޑު'ގައި ވަށައިގެން 10 ނޯޓިކަލް މޭލް ބަލައިލެވޭނެއެވެ.

ވަރަށް ފަހުން ރާއްޖެއަށް ތައާރަފް ކުރި މި ރާޑަރު މިހާރު ވަނީ ރާއްޖޭގެ ދެ މަސްދޯންޏެއްގައި ހަރުކޮށްފައެވެ. ދުނިޔޭގެ ލެވަލްގަ އެވޯޑްތައް ހޯދާފައިވާ މި ރާޑަރު، 100 ނޯޓިކަލް މޭލްގެ ވަޔަށް ހިފަހައްޓައެވެ.

ރޭ މެރިންގެ ފަރާތުން މި ރާޑަރަށް ތިން އަހަރުގެ ވޮރެންޓީ ދެއެވެ. އެއީ ފިހާރައިން ދޭ ދެ އަހަރާއި ރޭ މެރިން ވެބްސައިޓުގައި ރަޖިސްޓްރީ ކުރުމުން ލިބޭ ބޯނަސް އެއް އަހަރުގެ ވޮރެންޓީއެވެ.

"ވޮރެންޓީ ޕީރިއަޑް ތެރޭގަ އެއްވެސް ގޮތަކަށް މައްސަލައެއްޖެހިއްޖެ ނަމަ ހަމަ އާ އެއްޗަކަށް ބަދަލުކޮށްދޭނެ،" މެރިން އިކުއިޕްމަންޓްސް ފިހާރައިން މައުލޫމާތުދިނެވެ.

މި ރާޑަރގެ ސަބަބުން، ކަނޑަށް ނިކުމެ ދުރުމި އަޅައިގެން ބެލުމުގެ ބަދަލުގައި، ދޫނިތައް ނުވަތަ ދޯނިތައް ކިއުޖެހިފައި އޮންނަ ސަރަހައްދު ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. އޭގެ ސަބަބުން ތެލުގެ ހަރަދު ކުޑަވެ، ސީދާ 'ޓާގެޓަށް' ދެވޭނެއެވެ.

މި ޕްރޮޑަކްޓަށް ކަސްޓަމަރުންގެ އެންމެ ބޮޑު އިތުބާރަކީ ވޮރެންޓީއާއި އާފްޓަރ ސަރވިސްއެވެ.

 

"ރޭމެރިން ސައިކްލޯން ރާޑަރ" ގަނެލަންވެސް ފަސޭހަ:

މެރިން އިކުއިޕްމަންޓްސް ފިހާރައިން މައުލޫމާތުދޭ ގޮތުގައި، މި ރާޑަރު ގަންނަން ބޭނުން ނަމަ، ފިހާރައިގެ ހޮޓްލައިނަށް ގުޅާލައިގެން ކުރިއަށް ގެންދެވޭނެއެވެ. އަދި މާލޭ ސަރަހައްދުގައި ދޯނި އޮތް ނަމަ ފިހާރައިގެ ފަރާތުން ދޯނީގައި ރާޑަރު ހަރުކޮށްދިނުމާއި، ރާޑަރާބެހޭ މައުލޫމާތު ދޯނީގެ ފަޅުވެރިންނަށް ފޯރުކޮށްދޭނެއެވެ.

"ކޮންފަރމް ކޮށްލާތާ 12 ވަރަކަށް ދުވަސް ތެރޭގަ ކަސްޓަމަރާ ހަމަޔަށް ގެންގޮސްދޭނެ." ފިހާރައިން މައުލޫމާތު ދިނެވެ.

އެހެންކަމުން ރާޑަރ ގަންނަން ބޭނުންވާ ފަރާތްތަކުން، މެރިން އިކުއިޕްމަންޓްސްގެ ހޮޓްލައިން އަށް ގުޅާލުމަށްފަހު، ބޭނުންވާ ޕްރޮޑަކްޓް ބުނުމުން ހިދުމަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. ނުވަތަ ވައިބަރއިން މެޖެސްކޮށްލެވޭނެއެވެ.

މީގެ އިތުރުން، ފިހާރައަށް ގޮސްވެސް ރާޑަރ ގަނެވޭނެއެވެ. ފިހާރައިގައި ޑެމޯ ރާޑަރ އިންސްޓޯލް ކޮށްފައި ހުރުމާއެކު، ފިހާރައަށް ގޮސް ތަޖުރިބާ ކޮށްލެވޭނެއެވެ.

މެރިން އިކުއިޕްމަންޓްސް ފިހާރަ: މާލޭ، ކަނބާ އައިސާރަނި ހިނގުން، ހިިރިޔާ ސްކޫލު ކުރިމަތި

ހޮޓްލައިން: 3338820

ވައިބަރ: 7591957

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ހުރިހާވާހަކައެއް ދެއްކިއިރު އަގުގެވާހަކަނުދެއްކީ ކީއްވެބާ؟

Comments are closed.