މަސްވެރިކަމާއި ގުޅޭ

ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނސިްޓަރީ
ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނސިްޓަރީ

ތުރާކުނުގެ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ހަރުކޮށްފި

ހއ. ތުރާކުނުގެ ބޭރުގައި ކަނޑައިގެން ގޮސްފައިވާ މަސް ކަނދުފަތި އަލުން ހަރުކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ތުރާކުނު ހުޅަނގު އުތުރުން 16.5 މޭލު ބޭރުގައު ގާއިމު ކޮށްފައިވާ "އިހަވަންދޫ ކަނދުފަތި" އިއްޔެ ގާއިމު ކޮށްފައިވާ ކަމަށެވެ.

މިއީ 2015 ވަނަ އަހަރު ގާއިމު ކޮށްފައިވާ ކަނދުފައްޗެކެވެ.

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ގާއިމު ކުރުމަކީ މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، ކަނޑައިގެން ގޮަސްފައިވާ 10 ކަނދުފަތި އެޅުމުގެ މަސައްކަތް، ސެޕްޓެމްބަހު މަހު ފަށާނެ ކަމަށް، އޯގަސްޓް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

އެޔާއެކު، ކަނދުފަތިތައް އަލުން ގާއިމު ކުރުމުގެ މަސައްކަތް ފެށި، ބާރު މިނެއްގައި ކުރިއަށް އެބަ ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!