މަސްވެރިކަމާއި ގުޅޭ

މާންދޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް، ފޮޓޯ- ދިވެހި މަސްވެރިން
މާންދޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް، ފޮޓޯ- ދިވެހި މަސްވެރިން

މުޒާހަރާ އާއި އެކު މާންދޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް

މަސްވެރިން ކުރަމުންދާ މުޒާހަރާއާއެކު މާންދޫގެ އޮޕަރޭޝަންތައް ހުއްްޓުމަކަށް އައިސްފިއެވެ.

މާންދޫ ފިޝަރީޒްއާމެދު ހިތްހަމަ ނުޖެހި، މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް މެދުރާއްޖެތެރޭގެ ކަނޑުމަހުގެ މަސްވެރިން މުޒާހަރާ ކުރަން ފެށީ މިއަދު ހެނދުނު 8:30 ގައި ލ. މާންދޫގައެވެ. މިހާރު އެރަށުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒްކޮމްޕްލެކްސްއަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ކުންފުންޏެކެވެ.

މާންދޫއާމެދު ހިތްހަމަ ނުޖެހި، ޤާސިމް އަތުން މާންދޫ ނެގުމަށް ގޮވާލާ މަސްވެރިން މުޒާހަރާ ފަށައިފި

މުޒާހަރާގައި ބައިވެރިވެފައިވާ މަސްވެރިންގެ ފަރާތުން ވަނީ ރަނގަޅު ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް މާންދޫ ހިނގުމުގައި އިސްކޮށް އުޅޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

މުޒާހަރާ ރޭވުމަށް އިސްކޮށް ހަރަކާތްތެރިވި މަސްވެރިއަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ، މަސްވެރިންނަށް ކުރިމަތިވާ ދަތިއުނދަގޫތައް އިންތިހާއަށް އިތުރުވެއްޖެ ކަމަށާއި އެހެންކަމުން އެކަންކަމަށް ހައްލެއް ހޯދުމަށް މުޒާހަރާއަށް ނުކުތީ ކަމަށެވެ. މަސްވެރިންގެ ކަންބޮޑުވުންތަކުގެތެރޭގައި، މަސް ކިރުވުމަށްފަހު ފައިސާ ދިނުން ލަސްވުމާއި، ރޭގަނޑު 10އެއްގެ ފަހުން ބާނާ މަސް ކިރުވޭނެ ގޮތެއް ނެތުން ފަދަ ކަންތައް ހިމެނެއެވެ.

މަސްވެރިން ދަނީ މިކަންތައްތައް ސަރުކާރުން ބަލާ ދިނުމަށްވެސް ގޮވާލަމުންނެވެ. އަދި މާންދޫ ސަރުކާރުގެ ބެލުމުގެ ދަަށަށް ގެނެސް ދިނުމަށްވެސް ދަނީ ގޮވާލަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މުޒާހަރާ ކުރަނީ ތ އަތޮޅާ ލ އަތޮޅު މަސްވެރިން އެކުވެގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޢަމިއްލަ މީހެއްގެ ވިޔަފާރި ހިންގަންޖެހޭ ގޮތެއް ލަފައެއް ދެވިދާނެ އެކަމަކު ތަން ހިންގު ހުއްޓުވިގެންނުވާނެ އެކަމުގައި ތަނުގެ ވެރިފަރާތުން އަވަހަށް އެކަން ކުރަމުންދާ މީހުންނަށް ފިޔަވަޅު އެޅިމަށް ކަމާބެހޭ ފަރާތަށް އަންގައިގެން ކުރިޔަށް ދިއުމަށް ގޮވާލަން..

Comments are closed.