މަސްވެރިކަމާއި ގުޅޭ

dfsfds

އެއްގަމާއި ކައިރިން ބޭނި މިޔަރެއް ސްޓޭޓު ރެކޯޑަކަށް

އެމެރިކާގެ ފްރޮލިޑާގައި މަސްވެރިއަކު ރެކޯޑު ސައިޒެއްގެ ބުލް ޝާކެއް ބާނައިފިއެވެ.

އޭނާ ބޭނި ބުލް ޝާކުގެ ދިގުމިނުގައި 3 މީޓަރު ހުރި އިރު، ބަރުދަނުގައި 249 ކިލޯ ހުއްޓެވެ. މައިކަލް ހެންގަލް މި ބުލްޝާކު ބާނާފައިވަނީ މަޔާމީ ބީޗުންނެވެ. އަދި އޭތި ބޭނުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

އޭނާ މި މިޔަރު ބޭނީ ކަޔަކެއްގައި ގޮސްއެވެ. އަދި އޭނާއަށް އެހެން ދެ މީހެއްވަނީ އޭތި އެއްގަމާއި ހަމައަށް ގެނައުމަށް އެހީތެރިވެފައެވެ. އަދި އެއްގަމަށް އޭތި އެރުވުމަށްފަހު އެއާ އެކީ ފޮޓޯ ނަގާ، އޭގެ ބަރުދަނާއި މިންތައް ނެގުމަށްފަހު ވަނީ އަނބުރާ މޫދަށް ދޫކޮށްލާފައެވެ.

މައިކަލް ބުނީ ބުލް ޝާކު ނަނުގައި ޖެހުނީ އިރު އޮތްސުނު ފަހުން ކަމަށެވެ. އަދި އޭތި ބޭނުމަށް ގަޑިއިރަކަށްވުރެ ގިނަ އިރު ހޭދަކުރިއިރު އޭގެ އަސްލު ސައިޒު އެނގުނީ އެއްގަމާއި ހަމައަށް ގެނައުމުންކަމަށް މައިކަލް ބުންޏެވެ.

މައިކަލްއަށް މީގެ ކުރިންވެސް މިޔަރު ބޭނިފައި އެބަހުއްޓެވެ. އޭނާ ވަނީ މިފަހުން ބޭނުނު  މިިޔަރުގެ މައުލޫމާތުތައް ފްލޮރިޑާ ފިޝް އެންޑް ވައިލްޑް ލައިފް ކޮންޒަވޭޝަން ކޮމިޝަނާއި ހިއްސާކޮށްފައެވެ. އަދި އެއީ އޭނާއަށް ބޭނުނު ބުލް ޝާކަކީ ސްޓޭޓު ރެކޯޑެއްގެގޮތުގައި ބަލައިގަތުމަށެވެ.

މިހާތަނަށް ފްލޮރިޑާގައި ބާނާފައިވާ އެންމެ ބޮޑު ބުލްޝާކުގެ ބަރުދަނުގައި ހުރީ 234 ކިލޯއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!