މަސްވެރިކަމާއި ގުޅޭ

އެންސިސްއަށް އެންމެ ގިނައިން މަސްކިރި ދޯނިތަކުގެ އަގު ވަޒަން ކުރުން -- ފޮޓޯ/ އެންސިސް
އެންސިސްއަށް އެންމެ ގިނައިން މަސްކިރި ދޯނިތަކުގެ އަގު ވަޒަން ކުރުން -- ފޮޓޯ/ އެންސިސް

އެންސިސްއަށް އެންމެ ގިނައިން މަސްކިރި ދޯނިތަކަށް ފައިސާގެ އިނާމު ދީފި

މިިދިޔަ އަހަރު އެންސިސް ފިޝަރީޒްއަށް އެންމެ ގިނައިން މަސް ކިރި ދޯނިތަކަށް ރަމްޒީ ފައިސާގެ އިނާމު ހަވާލު ކޮށްފިއެވެ.

އެންސިސްއިން ދަނީ، ދެހާސް ސޯޅަ ވަނަ އަަހަރުން ފެށިގެން އެ ކުންފުންޏަށް މަސް ކިރާ ދޯނި ތަކުގެ އަގު ވަޒަން ކުރަމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެ ކުންފުންޏަށް އެންމެ ގިނައިން މަސް ކިރާ ދޯނިތަކަށް 'މަސްވެރިންގެ ހަދިޔާ'ގެ ނަމުގައި އަންނަނީ ހަދިޔާ ދެމުންނެވެ.

އެންސިސްއިން މި ހަދިޔާތައް ރައްދުކޮށްފައި ވަނީ އެ ކުންފުނީގެ21 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގު ވަނީ އެންސިސް އިން ދޭ މަސްވެރިންގެ ހަދިޔާ ހޯދި ދޯނިތަކަށް މަރުހަބާ ވިދާޅުވެފައެވެ.

ކުރިއަށްއޮތް ތަނުގައިވެސް މަސްވެރިންނަށް ފަސޭހަކޮށްދީ، މަސްވެރިންނަށް ހުރި ގޮންޖެހުންތަކައް ހައްލު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ވާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރުުގެ ވާހަކަފުޅުގައި ވިދާޅުވީ، މަސްވެރިންގެ ދަތިތަކަށް ލުއި ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި މަސް އެކްސްޕޯޓު ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!